ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 09:23
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ރާއްޖެއެމްވީ
އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ
އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ދެން އޮންނާނީ ޙުކުމް ކުރުން
ފުލުހުން ބަދުނާމުވާގޮތަށް ވާހަކަތައް ދެކެވެމުން ދާކަން ދައުލަތުން ފާހަގަކުރި
އާއިލާ އިން ދަނީ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހަދަމުން

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ޙަވާލު ކޮށްދިނުމަށް އެދި ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ޖިނާއީ އިޖުރާތު ޤާނޫނުގެ 71 ވަނަ މާއްދާގެ އެއްވަނަ ނަންބަރަށް ޙަވާލާދީ ދައުލަތުން ވަނީ މައްސަލައިގައި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، ފުލުހުން ބަދުނާމުވާގޮތަށް ވާހަކަތައް ދެކެވެމުން ދާކަން ފާހަގަ ކުރައްވާފައެވެ.

ވުމާއެކު، ޤާނޫނީގޮތުން ފުލުހުންނަށް އެ ބާރު އޮންނަ ކަމަށާއި، އާއިލާގެ ހުއްދަ ހޯދަން ނުޖެހޭނެކަން ދައުލަތުން ވަނީ ބަޔާން ކުރައްވާފައެވެ.

އޭގެ އިތުރުން، އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ވަކީލު ވަނީ  ޝަރީއަތުގެ މަޖިލީހުގެ ތެރެއިން އަބްދުﷲ ގެ މަރުވެފައިވާ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަވެގެންދިއުމަކީ އާއިލާގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ވަކީލު ރާޤިބް ވިދާޅުވީ، މި ހިނގައިގެން އުޅެނީ މަޖާޒީ ކަމެއް ނޫން ކަމަށާއި، މައްޔިތާގެ ވާރުތަވެރިންގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއިން މީހަކާ ސުވާލުކޮށް، ތަނަކަށް ހާޒިރުވެސް ކޮށްލާފައިނުވާކަމަށް ރާޤިބް ވިދާޅުވިއެވެ.

 މި މައްސަލަ ބައްލަވާ ގާޒީ ވަނީ އަޑުއެހުންތައް ނިމުނީކަން އިއުލާނު ކުރައްވައި، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުންކަން ފާހަގަ ކުރައްވާފައެވެ.

ރާގިބު ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް، އަބްދުﷲ ރަޝީދު ފުލުހުން ހައްޔަރު ކުރީ ވެސް ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ފުލުހުން ބާރުގެ ބޭނުންކޮށްގެން އަބްދުﷲ ރަޝީދުގެ ހަށިގަނޑު މޯޗަރީއަށް ލާފައިވާކަމަށް ތުހުމަތު ކުރައްވާ ރާގިބު ވިދާޅުވީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ހޯމަ ދުވަހު ގެންދަން އުޅޭކަން ވެސް އެނގުނީ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށެވެ.

އަދި މީގެކުރިން ފުލުހުން އާއިލާއަށް އެކަން އަންގާފައިނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އާއިލާ އިން ދަނީ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހަދަމުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެ އެ ކޮމިޝަނުން ބަޔާނެއް ވެސް ވަނީ ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް