Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 13:28
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
ޑިފެންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް
މިދިޔަ އަހަރު ރާއްޖެއިން 276 ބިދޭސީން ޑީޕޯޓުކުރި
މިދިޔަ އަހަރު އެކަނި، 60,000 އަށް ވުރެ ގިނަ ވޯކް ވިސާ ދޫކޮށްފައިވޭ

މިދިޔަ އަހަރު ރާއްޖެއިން 276 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ އަހަރު އެކަނި، 60,000 އަށް ވުރެ ގިނަ ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގެ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި 2021 ވަނަ އަހަރު ޖުމުލަ 60،960 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށާއި އޭގެ އިތުރުން 4،808 ވިސާ ވަނީ ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 2،465 ޑިޕެންޑެންޓް ވިސާ، 570 ސްޕެޝަލް ވިސާ، 929 ބިޒްނަސް ވިސާ އަދި 422 ސްޓޫޑެންޓް ވިސާގެ އިތުރުން 422 ރެސިޑެންޓް ވިސާ ނުވަތަ މެރިޖް ވިސާއެވެ. މީގެ އިތުރުން ސިއްހީ ސަބަބުތަކާ ހުރެ 36 ބިދޭސީން ފުރުވާލާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުލިއަރެންސްގެ ދަށުން 2،147 ބިދޭސީން ފުރުވާލާފައިވެއެވެ.

Advertisement

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 150،000 އަށް ވުރެ ގިނަ ބިދޭސީން ތިބި އިރު ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީ އިން އެންމެ އިސްކަމެއް ދޭ އެއް މަސައްކަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް