ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 16:02
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
ސިމާހާ ނަސީމް
އާރްޓީއެލް ބަހުގެ ޚިދުމަތް
އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައި ބަހުގެ ޚިދުމަތް ބޭނުންކުރާ މީހުންނަށްވެސް ކަރުދާސް ޓިކެޓް ވިއްކަން ނިންމައިފި
އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން ކަރުދާސް ޓިކެޓް ލިބޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައި ބޭނުންކުރާ މީހުންނަށް އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން ކަރުދާސް ޓިކެޓް ވިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓީންގ ކޮމްޕެނީ (އެމްޓީސީސީ)ން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ހަމަޖެއްސިނަމަވެސް، އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ ކަމަށެވެ. އަދި ކަރުދާސް ޓިކެޓް ތައާރަފުކުރެވުމާއެކު، ބަހުން ކަރުދާސް ޓިކެޓް ގަނެގެން ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ބަހުގެ ޚިދުމަތް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ނުލިބޭނެކަމަށެވެ. އަދި ކަރުދާސް ޓިކެޓް ލިބޭނީ ބަހުން އެކަނި ކަމަށެވެ. ބަސް ޓިކެޓުގެ ފައިސާ ލާނެ ޚާއްސަ ފޮއްޓެއް ބަހުގައި ބެހެއްޓިފައި ހުންނާނެކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ބަހުގައި ފައިސާ މާރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް ސީދާ ޓިކެޓަށް ހަމަވާވަރަށް ފައިސާ ގެނައުމަށް ވަނީ އެދިފައެވެ.

ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި ބަހުގެ ޝެޑިއުލަށް ބުރޫއެރިޔަ ނުދިނުމަށްކަން އެމްޓީސީސީން ފާހަގަކުރެއެވެ. އަދި ކަރުދާސް ޓިކެޓް ތައާރަފުކޮށްފައިވަނީ އިސް ރަށްވެހީންގެ ފަސޭހައަކަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކިޔުއާރް ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އާރްޓީއެލްގެ ޔޫޓިއުބް ޗެނަލްތަކުން ފެންނަން ހުންނާނެއެވެ. އަދި އާރްޓީއެލްގެ ޓްރެވަލް އެޕް، އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށްފަހު ކަނޑައަޅާފައިވާ މެޝިނަށް ދައްކައިގެން ސްކޭންކޮށްލެވޭނެއެވެ.

އާރްޓީއެލް އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު (ލ. ގަމާއި ލ. ފޮނަދޫއާ ގުޅިފައިވާ ރަށްތައް އަދ ލ. އިސްދޫއާއި ލ. ކަލައިދޫ) ބަހުގެ ރޫޓް މެޕް އާރްޓީއެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް