ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 07:09
ލަންކާ އަދި ބޫޓާ ކުޅުނު މެޗުގެ ތެރެއިން
ލަންކާ އަދި ބޫޓާ ކުޅުނު މެޗުގެ ތެރެއިން
ސާބާ
ސާބާ ޗެމްޕިއަންޝިޕް
ޗެމްޕިއަން ލަންކާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ލަންކާ އިން މެޗު ކާމިޔާބުކުރީ 33-98 އިން

ސާބާ ވިމަންސް ޗެމްޕިއަންޝިޕްގައި ޗެމްޕިއަން ސްރީލަންކާ އިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު ބާސްކެޓްބޯޅަ މެޗު ލަންކާ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. މުޅި މެޗުގެ ހުރިހާ ކުއާޓަރެއްގައި ވެސް ލަންކާ ޓީމުން ދިޔައީ ލީޑު ހިފަހައްޓާ، ލީޑު ފުޅާކުރަމުންނެވެ. ބޫޓާން ޓީމަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިން ހިމެނޭ އެއް ޓީމެވެ.

ލަންކާ އިން މެޗު ކާމިޔާބުކުރީ 33-98 އިންނެވެ. މެެޗުގެ ފުރަތަމަ ދެ ކުއާޓަރު ނިންމުނުއިރު ލަންކާ އިން ލީޑު ކުރަމުން ދިޔައީ، 17-39 އިންނެވެ. މެޗުގައި ލަންކާ އިން އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ނިރުމާ ސަސަންޓީއެވެ. އޭނާ ވަނީ 27 ޕޮއިންޓު ހޯދާފައެވެ. އެ ޓީމުގެ ކެޕްޓަން އެޕްސިބާ ވަނީ 17 ޕޮއިންޓު ހޯދާފައެވެ.

މުބާރާތުގައި ލަންކާ އަށް ދެން އޮންނާނީ އަންގާރަ ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. ބޫޓާނަށް އޮންނާނީ ބުދަ ދުވަހުގެ ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. ބުދަ ދުވަހުގެ ރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލަންކާ އާއި ރާއްޖެ ބައްދަލުކުރާ މެޗެވެ.

- ކޮމެންޓް