ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 07:20
ފައިޒަރ ކުންފުނީގެ ސީއީއޯ
ފައިޒަރ ކުންފުނީގެ ސީއީއޯ
ރޮއިޓަރސް
ފައިޒަރގެ ސީއީއޯ ކޮވިޑަށް ޕޮޒިޓިވްވުން
ފައިޒަރގެ ސީއީއޯއަށް އަނެއްކާވެސް ކޮވިޑު ޖެހިއްޖެ
މިއީ އޭނާއަށް ކޮވިޑު ޖެހުނު ދެވަނަ ފަހަރު
އޭނާ ވަނީ ވެކްސިންގެ 4 ޑޯޒު ފުރިހަމަކޮށްފައި

ކޮވިޑް-19އާ ދެކޮޅަށް ވެކްސިން އުފެއްދި ފައިޒަރގެ ސީއީއޯ އަލްބަރޓް ބޯރލާއަށް އަނެއްކާވެސް ކޮވިޑު ޖެހިއްޖެއެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އިއުލާން ކުރެއްވީ ހޮނިހިރު ދުވަހުއެވެ. ކޮވިޑު ޖެހުނު ނަމަވެސް ހާލު ރަނގަޅު ކަމަށާއި އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ކަމަށް އަލްބަރޓް ވިދާޅުވިއެވެ.

އެންމެ ފަހުން އޭނާއަށް ކޮވިޑު ޖެހުނީ މިދިޔަ އޮގަސްޓް މަހުގައެވެ. އޭނާގެ އުމުރުން މިހާރު 60 އަހަރެވެ.

އަލްބަރޓްއަށް ކޮވިޑު ދެ ފަހަރަށް ޖެހިފައިވާއިރު އޭނާ ވަނީ ވެކްސިންގެ ހަތަރު ޑޯޒު ފުރިހަމަކޮށްފައެވެ. ނަމަވެސް އަލަށް އުފައްދާފައިވާ ބައިވެލެންޓް ބޫސްޓަރ ޑޯޒް އަދި ނުޖަހާ ކަމަށް އޭނާ ވިދާޅުވެއެވެ.

ބައިވެލެންޓަކީ މޮޑާނާ އާއި ފައިޒަރ އަދި ބައޯންޓެކް ގުޅިގެން އުފެއްދި ބޫސްޓަރ ވެކްސިނެކެވެ. މި ވެކްސިނުން އޮމިކްރޯންގެ ވޭރިއަންޓުތަކުން ރައްކާތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ފައިޒަރއަކީ ދުނިޔޭގައި ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ވެކްސިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ކުންފުނިން މިހާރު އަންނަނީ ކެވޭގޮތަށް މި ވެކްސިންގެ ބޭހެއް ތައްޔާރު ކުރަމުންނެވެ. ޕެކްސްލޮވިޑުގެ ނަމުން ނަން ދީފައިވާ މި ބޭހަކީ އެންމެ ހައި ރިސްކް މީހުންނަށް ހާއްސަ ބޭހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް