Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 14:39
ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން
ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހދ. ކުޅުދުއްފުށީ
ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި
ސޯޅަ މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ
ރަސްމީކޮށް ކުޅުދުއްފުށި ހޮސްޕިޓަލް ހިންގުމާ ނިމްސް އިން ހަވާލު ވަނީ އަންނަ މަހު
ކުޅުދުއްފުށީ ހޮސްޕިޓަލުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ނިމްސް ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް  ހެލްތު މިނިސްޓަރު ނާޒިމް ވުދާޅުވީ ނިމްސް ހޮސްޕިޓަލްގެ ފަރާތުން ރަސްމީ ކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލު ވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުންފެށިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ކުރިއަށްދާނެ މަސައްކަތަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްގެ މެނޭޖްމެންޓާ ހަވާލު ކުރުމަށްޓަކައި ނިންމަން ޖެހޭ ލިޔެކިޔުންތައް ނިންމައި ޑޮކްޓަރުން ގެނައުމުގެ މަސައްކަތްތައް ކަމަށެވެ.

އޭގެއިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ، ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތެލެސީމިއާ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނެ އެވެ.

އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.


 މިނިސްޓަރު ނާޒިމްމް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ ހަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ ނިމްސް ހޮސްޕިޓަލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމްސް އެމްޑީ ފައިޒަލް ހާން ވިދާޅުވީ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އެ ގޮތުން އެންމެ ޒަމާނީ އައިސީޔޫ އާއި އެ ނޫން ވެސް ތަންތަން ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން 50 އަހަރަށް ނިމްސްއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ބެހޭ ތަފްސީލްތައް ދިނުމާއި ހަވާލުކުރުމުގެ ބޮޑު ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް