Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 10:02
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ފެނާއި ނަރުދަމާ
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
ފެނާއި ނަރުދަމާ ގާއިމް ކުރަނީ ތ ވޭމަންޑޫއާއި ޅ ނައިފަރުގައި
އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީހުން ފެށިގެން 18 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ
މި މަޝްރޫޢަކީ އައި.ޑީ.ބީ އަދި އޮފިޑް ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް 148 މިލިޔަން ރުފިޔާ އަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލުކޮށްފިއެވެ.

 ޅ ނައިފަރާއި ތ. ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުނފުންޏެއް ކަމަށްވާ އެލް އީ ޓްރިވެނީ ޖޭވީ އާއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި އެލްއީ ޓްރިވެނީ ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ވިނޭ ކުމާރު ސިންގް އެވެ.

މިމަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ތ. ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާ އެކު މިކަންކަން ކުރާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއެއް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މަޝްރޫޢުގެ ޖުމްލަ އަގަކީ 148,902,816.02  (ސަތޭކަ ސާޅީސް އަށް މިލިއަން ނުވަސްތޭކަ ދެހާސް އަށްސަތޭކަ ސޯޅަ ރުފިޔާ ދެ ލާރި) ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް