Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 13:23
ބިދޭސީން
ބިދޭސީން
އިމިގްރޭޝަން
ވަޒީފާ އާއި ބެހޭ ޤާނޫނު
ބިދޭސީންނަށް މިނިމަމް ވޭޖް ދޭ ތާރީޚު ބަދަލުކުރަން އިސްލާހެއް
ޖަމްޝީދު ހުށަހަޅުއްވާފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ކ) އިސްލާހުކުރުމަށް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ ތާރީހުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ތަރީޚު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު ޤާނޫނު އޮތް ގޮތުން ނަމަ މި މަހުގެ 22 އިން ފެށިގެން ބިދޭސީންނަށް ވެސް އެންމެ ކުޑައުޖޫރަ ލިބެންޖެއެވެ.

Advertisement

އެ މުއްދަތަށް ބަދަލު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހަޅާފައިވާ އެ ބިލަކީ ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަަހެޅި އިސްލާހެކެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ. އެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައި ވަނީ ދުނޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް، ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ލާޒމުކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމެވެ. އަދި އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި، އެކަން ކުރުން ލާޒިމް ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ޙާލަތާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ ތާރީހެއްގައި ކަމަށް ކަނޑައެޅުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

ޖަމްޝީދު ހުށަހަޅުއްވާފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ކ) އިސްލާހުކުރުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ގައުމުގެ ހާލަތާއި އިގްތިސާދަށް ބެލުމަށް ފަހުގައި، ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ފަށާނެ ތާރީހެއް ސަރުކާރުން ކަނޑައަޅާ އިޢުލާންކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ފާސް ވެއްޖެ ނަމަ އެ އިސްލާހު ތަސްދީގުކޮށް ގެޒެޓްކުރާ ހިސާބުން އެ އިސްލާހު ޤާނޫނަކަށް ވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް