Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 05:42
ލޯކަލް ގަވަމެންޓް އޮތޯރިޓީ
ލޯކަލް ގަވަމެންޓް އޮތޯރިޓީ
ޓްވިޓަރ
އެލްޖީއޭ
އިހަވަންދޫ ކައުންސިލްގެ ނިންމުމާމެދު އެލްޖީއޭ އިން ގާނޫނީ ލަފާ ހޯދަނީ
އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް މަނާކުރަން ވަނީ ނިންމާފައި
ފަސް ދުވަހުގެ ތެރޭގައި އިހަވަންދޫގައި އުޅޭ ބިދޭސީން އެ ރަށު ކައުންސިލްގައި ރަޖިސްޓްރީ ވާންޖެހޭ
އިއްސެ މަރާލި މަކަށް ބިދޭސީ މީހާ ވަނީ އިއުތިރާފުވެފައި

ހއ އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލި ކަމަށް ބިދޭސީއަކު އިއުތިރާފު ވުމާއި ވިދިގެން، އިހަވަންދޫ ކައުންސިލުން ބިދޭސީންގެ ތެރެއިން ވަކިބައެއްގެ ބައެއް ހައްޤުތައް ހިފެހެއްޓުމަށް ނިންމި ނިންމުމާމެދު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގާނޫނީ ލަފާ ހޯދަން ފަށައިފި އެވެ.

އެލްޖީއޭ އިން ކުރި ޓްވީޓެއްގައި ބުނީ އިހަވަންދޫ ކައުންސިލްގެ ނިންމުމާއެކު އެކަމާ ގުޅިގެން ގާނޫނީ ލަފާ ހޯދަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެލްޖީއޭ އިން އިތުރު ތަފްސީލެއް މިކަމާ ގުޅިގެން ދީފައެއްނުވެއެވެ.

އާދީއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް މަނާކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަނާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  1. މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.
  2. ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 ން ފެށިގެން، ހަވީރު 5:30 އާއި ދެމެދު ފިޔަވާ ގްރޫޕް ހަދައިގެން ރަށުގެ އެއްވެސް ސަރަޙައްދެއްގައި މަޑުކޮށްގެން ތިބުން.
  3. ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ތަނަކުން މަސްވެރިކަން ކުރުން.
  4. ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު، ފަން، މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުން.
  5. ރަށުގެ ކުނިގޮނޑަށް، ކުނިއުކާލުމަށް ފިޔަވާ އިތުރު އެއްވެސް ބޭނުމަކަށް އެ ސަރަޙައްދަށް ދިއުން.
  6. ރަށުގައި ބޭއްވޭ ހަފްލާތަކަށް ދައުވަތު ނުދޭހާ ހިނދަކު ގޮސްނޫޅުން

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ އިއުލާނާއި އެކު އާންމުކޮށްފައިވާ އިތުރު ލިއުމެއްގައި ބުނެފައިވަނީ ސަރުކާރު މުއައްސަސާތަކުގެ ބެލުމުގެދަށުން ގެނެސްފައިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުން މި ކަންކަމުން އިސްތިސްނާ ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

މި ކަންކަމުގެ އިތުރުން، އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިތުރު އިޢުލާނެއްގައި ބުނެފައިވަނީ، އިހަވަންދޫގައި އުޅޭ ހުރިހާ ބިދޭސީންނާއި، ބިދޭސީން ގެންގުޅޭ ފަރާތްތައް، އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ކައުންސިލަށް ހާޒިރުވެ، ކައުންސިލްގައި ރަޖިސްޓްރީ ވުމަށް އަންގާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް