Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 00:47
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް
ރާއްޖެއެމްވީ
ބްރިޖް ޕްލެޓްފޯމް ފަރަށް އެރުން
ޕްލެޓްފޯމް ފަރަށް އެރި ސަރަަހައްދު ސާފުކޮށްފިން: އެފްކޮންސް
ޕްލެޓްފޯމް ފަރަށް އެރުމުން މަޖިލީހަށް މައްސަލަ އެއް ވަނީ ހުށަހަޅާފައި
ފަރަށް އެރި ޕްލެޓްފޯމުގެ ބައިތައް ނަގާ އެ ސަރަހައްދު ސާފުކުރުމުން އެ ސަރަހައްދުގެ ދިރާސާ ފަށާނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައި
އެ ޕްލެޓްފޯމް ފުންކޮށް ނަގާފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެފައިވާ "ސެލްފް އެލިވޭޓިންގ ޕްލެޓްފޯމް" (އެސްއީޕީ)، ވިލިމާލެ ފަރަށް އަރާ، އެ ސަރަހައްދަށް ވެއްޓުނު ދަގަނޑުތައް ނަގާ އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އާދިއްތަ ދުވަހު އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ނުނިމި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށީ މިދިޔަ މަހު 28 ގައި ކަމަށާއި އޭރު ވެސް މޫސުން ގޯސް ކަމަށެވެ. އެހެންނަމަވެސް ޕްލެޓްފޯމް ފަރަށް އެރި ސަރަހައްދު ސާފުކޮށް ނިންމާފައި ވަނީ އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

Advertisement

އެ ޕްލެޓްފޯމް ފުންކޮށް ނަގާފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އެ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އީޕީއޭއިން ބުނީ ފަރަށް ލިބުނު ގެއްލުންތަކުގެ ދިރާސާ ނުކުރެވި ލަސްވަނީ ޕްލެޓްފޯމް ފަރަށް އެރި ސަރަހައްދު ސާފު ނުކޮށް އޮތުމުން ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ނިމުނުހާ އަވަހަކަށް ދިރާސާގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް ގޮވާާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އެ މައްސަލައިގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ބްރިޖު ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ފެންވަރު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަރަށް ކައިރިން ބަލައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް