Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 00:43
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
ރާއްޖެއެމްވީ
އުމަރު ޒާހިރުގެ ޚިދުމަތްތައް
މީހުންގެ ވިސްނުން ޕޮޒިޓިވްކުރަން އުމަރު ޒާހިރުގެ ޝަހުސިއްޔަތުގެ ވާހަކަދެއްކުން މުހިންމު :ނައިބްރައީސް
ނަމޫނާ ޝަހުސިއްޔަތެއް" މިނަމުގައި މަރްހޫމް އުމަރުގެ ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވައި ތައްޔާރުކުރި ފޮތް އާދިއްތަ ދުވަހު ވަނީ ނެރެދެއްވާފައި
އުމަރު ޒާހިރުގެ ހަނދާނުގައި ނުރެނު ފޮތް ލިޔުއްވީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލު

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޝަހުސިއްޔަތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުމަރު ޒާހިރުގެ ހަނދާނުގައި މައުމޫން ފައުނޑޭޝަނުން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބްރައީސް ވަނީ އެފަދަ ފޮތެއް ނެރެފައި އުމަރު ޒާހިރުގެ ވާހަކަ ނުދައްކާ ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނަކީ މި ޖީލުގެ ޝަހުސިއްޔަތުގެ ގޮތުގައި ސިފަކުރައްވާ ފައިސަލް ވިދާޅުވީ އުމަރު ޒާހިރުގެ ޝަހުސިއްޔަތުގެ ވާހަކަ ސްކޫލްތަކުގައި ވެސް ދައްކަން ޖެހޭ ކަަމަށެވެ. އަދި ޒުވާނުންނަށް ނަމޫނާ ދެއްކުމަށް ވެސް އުމަރު ޒާހިރުގެ ޝަހުސިއްޔަތުގެ ވާހަކަދެއްކުން މުހިންމުކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ފައިސަލް ވަނީ އުމަރު ޒާހިރު އަކީ އެމަނިކުފާނު ހަވާލުވެ ވަޑައިގަންނަވާ ކޮންމެ ކަމެއްގައިވެސް އެއްވެސް ބަހަނާއެއް އުޒުރެއް ދެއްކެވުމެއްނެތި، ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރެއްވި ޤައުމީ ބަތަލެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖެއިން ފެންނަމުންދާ ތަރައްޤީގައިވެސް އުމަރު ޒާހިރު ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްގެ ނާޒިރްކަމާއި ސަރުކާރުގައި ކުރެއްވި ޚިދުމަތްތަކަށް ބެލި ނަމަވެސް އުމަރު ޒާހިރު ކުރައްވާފައި ވަނީ ނަމޫނާ މަސައްކަތްތަކެއްކަމަށް ފައިސަލް ވިދާޅުވިއެވެ.

އުމަރު ޒާހިރުގެ ހަނދާނުގައި ނުރެނު ފޮތް ލިޔުއްވީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް