Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 21:15
ފ. ފީއަލީ ކައުންސިލްގެ ފަރާތުން އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުން 11-09-2025
ފ. ފީއަލީ ކައުންސިލްގެ ފަރާތުން އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުން 11-09-2025
އެމްޑީޕީ ސެކްރިޓޭރިއެޓް
ފީއަލީ އައުޓްޑޯ ވޮލީ ކޯޓު
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
އިވެންޓް ކުރިއަށް ދަނިކޮށް އިވެންޓް ކެންސަލްކުރަން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އެލްޖީއޭ އިންވެސް ކައުންސިލަށް އެންގި
ކެންސަލް ކުރަން ސްޕޯޓްސް މިނިސްޓްރީއިން އެންގިނަމަވެސް، މި އިވެންޓް، އެރަށު ގިނަ ރައްޔިތުންނާއެކު ކުރިއަށްދިޔަ

ފީއަލީ ކައުންސިލުން ޚަރަދުކޮށްގެން ހެދި ވޮލީކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވާތީ، އެ ރަސްމިއްޔާތު ކެންސަލްކުރަން ކުޅިވަރާއި ބެހޭ ވަޒީރު އަންގަވައިފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު އޮތް ރަސްމިއްޔާތު ފެށުމުގެ ބައިގަޑިއެއްހާއިރު ކުރިން ސްޕޯޓްސް މިނިސްޓަރ ރާފިއު، ފީއަލީ ކައުންސިލް ރައީސް މޫސާ އަހުމަދަށް ފޯނުން ގުޅުއްވައި، ކޯޓު އެޅީ ދަައުލަތުގެ ފައިސާއިން ކަމަށާއި އިވެންޓް ކެންސަލްކުރަން އެންގެވިކަމަށް، އިވެންޓްގައި ވާހަކަ ދައްކަވަމުން ކައުންސިލް ރައީސް ވިދާޅުވި އެވެ.

އިވެންޓް ކުރިއަށް ދަނިކޮށް އިވެންޓް ކެންސަލްކުރަން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އެލްޖީއޭ އިންވެސް ކައުންސިލަށް އެންގި އެވެ. އެހެންނަމަވެސް ކައުންސިލް ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ.

އަދި ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު ސަރުކާރުގެ ފަރާތުން ކައުންސިލަށް ކުރިމަތި ކުރި އުނދަގޫތަކުގެ ވާހަކަވެސް ކައުންސިލް ރައީސް ހިއްސާކުރެއްވި އެވެ.

ސަރުކާރުގެ މިއަމަލު، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކުށްވެރިކުރެއްވި އެވެ. އަދި ކައުންސިލާއި ރައްޔިތުން ކުރި މަސައްކަތެއްގެ ނިމުން ފާހަގަކުރުން ހުއްޓުވަން ސަރުކާރުން އުޅުން ހުތުރުކަމަށް ޝާހިދު ސިފަކުރެއްވިއެވެ. ކެންސަލް ކުރަން ސްޕޯޓްސް މިނިސްޓްރީއިން އެންގިނަމަވެސް، މި އިވެންޓް، އެރަށު ގިނަ ރައްޔިތުންނާއެކު ކުރިއަށްދިޔައެެވެ.

- ކޮމެންޓް