Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 19:43
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ރާއްޖެއެމްވީ
ފައިސަލް ނަސީމް
މިނިވަން މުއައްސަސާތައް ވެރި މީހާ އަށް ބުރަ ވެެގެން ހިނގުމަކީ ނާތަހުޒީބު، މާ ކުރީގެ ގޮތެއް - ފައިސަލް
ރާއްޖެ އަށް ޑިމޮކްރަޓިކް އިސްލާހުތައް ގެންނަން ޖެހޭ އިރު އެ މަރުހަލާގެ ތެރެއިން ނުރަނގަޅު ކަންތައްތަކެއް އައި ކަމަށް ވެސް ފައިސަލް ވިދާޅުވި
ވެރިކަމެއް ގެންނަނީ ޤާނޫނުއަސާސީ އާއި އެއްގޮތަށް ރައްޔިތުންގެ ބާރުތައް ދެމިއޮންނަ ގޮތަށް ވެރިކަން ކޮށްދިނުމަށް ކަމަށް ފައިސަލް ވިދާޅުވި

މިނިވަން މުއައްސަސާތައް ވެރި މީހާ އަށް ބުރަ ވެެގެން ހިނގުމަކީ ނާތަހުޒީބު، މާ ކުރީގެ ގޮތެއް ކަަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މިނިވަން ޤައުމެއްގައި މިނިވަން މުއައްސަސާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ކުރަން ޖެހޭނީ ވެރިކަން ހިންގާ ފަރާތަކަށް ބުރަ ވެގެން ނޫން ކަަމަށް ފައިސަލް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކަކީ އިންބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ހަމަޖެއްސީ އިންސާފު ޤާއިމްކުރުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވިއެވެ. މިނިވަން ޤައުމެއްގައި ކޮންމެ މީހަކަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ ހައްގުތައް ލިބެނީ ޤާނޫނުއަސާސީގައި ބަޔާންކުރާ ކަންކަން ފުރިހަމަވެގެން ކަަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަސް ފާހަގަކުރާ އިރު 60 އަހަރު މިނިވަންކަމުގައި ހޭދަކުރުމަކީ އުފާވެރި އިހުސާސެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. ގައުމެއްގެ މިނިވަންކަމުގެ މުހިންމުކަން އިހުސާސްކުރެވޭނީ އެކަން ނެތި ދިއުމުން ކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ މިނިވަންކަންމަތީ ދެމި އޮތުމަކީ ނިއުމަތެއް ކަމަށް ވެސް ފައިސަލް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ. އިގްތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަމަށްޓަކާ ގައުމުގެ މިނިވަންކަން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެހެން ޤައުމެއްގެ ނުފޫޒު އޮވެއްޖެ ނަމަ ކުރެވޭ އިހުސާސް އަޅުގަނޑުމެންނަށް ދުނިޔެއިން އެބަ ފެނޭ. އޭގެ އަސަރުތައް ތަކުރާރުކޮށް އެބަ ފެނޭ. އެ އަނިޔާ އާއި ހިތްދަތި ކަމާއި." ފައިސަލް ވިދާޅުވިއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މީގެ އިތުރުން ޤާނޫނުއަސާސީ އާއި އެކު ލިބުނު ހައްގުތަކުގެ މުހިންމު ކަަމަށް ފައިސަން ވަނީ އަލިއަޅުވާލާފައެވެ.

ވެރިކަމެއް ގެންނަނީ ޤާނޫނުއަސާސީ އާއި އެއްގޮތަށް ރައްޔިތުންގެ ބާރުތައް ދެމިއޮންނަ ގޮތަށް ވެރިކަން ކޮށްދިނުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށް ފަހު އަމަލުކުރަ ގޮތުން ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އަށް ޑިމޮކްރަޓިކް އިސްލާހުތައް ގެންނަން ޖެހޭ އިރު އެ މަރުހަލާގެ ތެރެއިން ނުރަނގަޅު ކަންތައްތަކެއް އައި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

- ކޮމެންޓް