ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 21:39
ޕީރިއަޑްގެ ވޭނަށް ފިރިހެނުންނަށް ކެތްކުރެވޭތޯ ބަލަނީ
ޕީރިއަޑްގެ ވޭނަށް ފިރިހެނުންނަށް ކެތްކުރެވޭތޯ ބަލަނީ
ބީބީސީ
ޕީރިއަޑްގެ ވޭން
ޕީރިއަޑް ވޭނުގައި ހުންނަ "އަސަރު" ފިރިހެނުންނަށް ދައްކާލައިފި
ލެވެލް 9ގައި ގިނަ އަންހެނުން ގުޑިވެސްނުލައި ތިބޭއިރު، ގިނަ ފިރިހެނުންނަށް ލެވެލް 4ށްވުރެ މައްޗަށް ގެންދާކަށްނުކެރޭ

އަންހެނުންނަށް މަހަކު އެއްފަހަރު ކުރިމަތިވާ ޕީރިއަޑް ނުވަތަ މައްސަރުކަންތަކުގެ ދުވަސްވަރު ގިނަ އަންހެނުން އުޅެންޖެހެނީ ވަރަށް ވޭނުގައެވެ. ބަނޑުގައި ރިއްސާތީއެވެ. ކާހިތްނުވެ މޭނުބައިކޮށް ހޮޑުލަވާތީއެވެ. ނޫނީ ބަނޑު އަކުނިވަޔަށްދަމައި، ބޯއެނބުރުންފަދަ އުދަނގޫތައް ދިމާވާތީއެވެ. ގިނަފަހަރަށް ތެދުވެ އުޅުންވެސް ވަނީ އުނދަގޫކަމަކަށެވެ. އެހެންނަމަވެސް އެކަމުގެ ދުވަސްވަރޭ ކިޔާފައި ކުރަންޖެހޭ ކަންކަން ނުކޮށް ބަހައްޓާ އަންހެނަކު ވަރަށް މަދުން ނޫނީ ނުފެނެއެވެ. ވަޒީފާއަށް ދެއެވެ. ކުދިން ބަލައި ސްކޫލްދޮށަށް ދެއެވެ. މިކަންކަމުން އަވަދިވެގެން، އައިސް ގޭގައި ކައްކައި، ގޭތެރެ ސާފުކޮށް ކުދިންބެލުމުގެ ކަންކަންވެސް ކުރެއެވެ.

އެހެންކަމާއެކުވެސް އެދުވަސްވަރު ފިރިހެނުންގެ "ސިމްޕަތީ" ނުވަތަ ހަމްދަރުދީ ނުލިބޭކަމަށް ބުނެ ގިނަ އަންހެނުން ޝަކުވާކުރެއެވެ. އަދި މާބޮޑު ވޭނެއް ނާޅާކަމަށް ގަބޫލުކުރާ ފިރިހެނުންވެސް މަދެއްނޫނެވެ.

ގިނަ ފިރިހެނުން އެވާހަކަ އަމުދުން ދައްކަންވެސް ބޭނުމެއްނުވެއެވެ. އެވާހަކަ ދައްކަން ލަދުގަނެ ޖެހިލުންވެސްވެއެވެ.

ޕީރިއަޑް ތަދު އިހުސާސްކުރުވުމަށް ބޭނުންކުރި މެޝިން - ބީބީސީ

މިފަދައިން ގަބޫލުކުރާ ކުރުން ބަދަލުކޮށްލުމަށް އިންޑިޔާގެ ކެރަލާގައި ބަޔަކު ޚާއްސަ ކެމްޕެއިނެއް ކުރިއަށް އެބަގެންދެއެވެ. ކެރަލާގެ އެރްނާކުލަމް ޑިސްޓްރިކްޓްގައި ކުރިއަށްގެންދާ މި ކެމްޕެއިންގައި، ޚާއްސަ ވަޔަރެއް ބޭނުން ކޮށްގެން ސިމުލޭޓަރ ތަކަކާ ފިރިހެނުންގެ ހަށިގަޑު ގުޅާލައެވެ. އަދި އެކަކުން ފެށިގެން ދިހައެއްގެ އިންޑިކޭޓަރަކުން ފެންނަ ގޮތަށް ހަށިގަޑަށް ތަދު ފޮނުވައެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި ގިނަ ފިރިހެނުން ތަދަށް ކެތްނުކުރެވިގެން ހަލޭއްލަވައި ތެޅިފޮޅިހަދައެވެ.

ހަމަ މި ސިމިއުލޭޓަރު އަންހެނުންގެ ހަށިގަޑާ ގުޅުމުން އެއްވެސް ތަދެއް ނުވާކަމަށް ގިނަ އަންހެނުން ބުނާކަމަށްވެއެވެ. ގިނަ އަންހެނުން ލެވެލް 9ގައިވެސް ގުޑިވެސްނުލައި ތިބޭ ކަމަށާއި، ނަމަވެސް ގިނަ ފިރިހެނުންނަށް ލެވެލް 4ށްވުރެ މައްޗަށް ޖައްސަން ނުކެރޭކަމަށް މި ކެމްޕެއިންގައި ހަރަކާތްރެރިވާ ޑޮކްޓަރުން ބުނެފައިވެއެވެ. އަދ ގިނަ ފިރިހެނުން މެޝިން ޖައްސާއިރަށް އަވަހަށް ނިވާލުމަށް ގޮވާކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

މޯލްތަކާއި ބައެއް ކޮލެޖްތަކުގައި މިކަން ކުރިއަށްގެންދާއިރު، ސިމުލޭޓަރ ތަޖުރިބާކުރި ބައެއް ފިރިހެނުން ބުނީ ވަރަށް ތަދުވާކަމަށާއި އެކަން ދެން ދުވަހަކުވެސް ތަހައްމަލުކުރަން ބޭނުންނުވާކަމަށެވެ.  

އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ މަދަދާއެކު ގާނޫނު ހަދާމަޖިލީހުގެ މެމްބަރަކު އިސްވެ ހިންގި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ "ޕީރިއަޑް ތަދު" މި މައުލޫއަށް ދެޖިންސު ހަމަހަމަ ގޮތެއްގައި ވާހަކަދައްކައި، އަދި އެއީ ދިމާވާ، އަންހެނުން އިހުސާސްކުރަންޖެހޭ ހަގީގީ ތަދެއްކަން ވީހާވެސް ގިނަ ފިރިހެނުންލައްވައި ގަބޫލުކުރުވުމެވެ.

އަންހެނުންނަށް ސިއްހީ މައްސަލަތައް، ޚާއްސަކޮށް މައްސަރުކަންތަކާ ގުޅިގެން ދިމާވާ ވޭންތައް، މިއީ މާބޮޑަށް އެކަމާބެހޭގޮތުން ވާހަކަދެކެވޭ މައުލޫއުއެއް ނޫނެވެ. ޚާއްސަކޮށް ފިރިހެނުން ނުވަތަ ޒުވާން ފިރިހެން ކުދިން މިވާހަކަ ދައްކަންވެސް ޖެހިލުންވެއެވެ. މި ކެމްޕެއިން އިންތިޒާމުކުރި ފަރާތްތަކުން ބުނިގޮތުގައި މި ކެމްޕެއިނުގެ ސަބަބުން މިހާރު މިކަމާބެހޭ ގޮތުން ޖެހިލުންނުވެ ވާހަކަދައްކާލަން ކެރެއެވެ.

ސިމިއުލޭޓަރ ގުޅި ސަނީ ކިޔާ ޒުވާނަކު ބީބީސީއަށް ބުނިގޮތުގައި، މި ދިރާސާގެ ސަބަބުން އަންހެނުން، އެމީހުންގެ އުމުރުގެ ބޮޑު ބައެއްގައި ކޮންމެ މަހަކު ތަހައްމަލުކުރަމުންދާ ވޭން ރަގަޅަށްވެސް އިހުސާސްކޮށްލުމުގެ ފުރުސަތު ލިބިއްޖެއެވެ. އަދި މިއީ މެޝިނެއްކަމަށާއި، ބޭނުންވުމުން މެޝިން ނިއްވާލެވުނަސް، އަންހެނުންގެ އެވޭން ބޭނުން ވިޔަސް ނުހުއްޓުވޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ވީމައި ހުރިހާ ފިރިހެނުންވެސް އަންހެނުންގެ "އެދުވަސް ވަރު" އަންހެނުންނަށް ވީވަރަކުން މަދަދުވެރިވެ އަރާމުކުރުމަށް ފުރުސަތުދިނުންވެސް ވަރަށް މުހިންމެވެ.   

- ކޮމެންޓް
4 ސެޕްޓެންބަރ 2022 | އާދީއްތަ 17:25
ޢަރޭ
ބަލަގަ މި ތިބަ މީހުނޭ! ﷲ އެއްވެސް މީހަކަށް ނޫފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ ކަމަށް ވައުދު ވެ ވަފައިވާ އިރު އެކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ.
2 ސެޕްޓެންބަރ 2022 | ހުކުރު 22:22
ޝުއާދާ
ދިވެހި ފިރިހެހުންނައް ތިކަން އަންގާދޭންވީ ގިނަ ފިރިހެނުން ގަބޫލު ނުކުރޭ ތިކަމެށް