ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 17:54
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް
ރާއްޖެއެމްވީ
އިންޑިއާ އައުޓް ކެމްޕޭން
ޕީޕީއެމްފަދަ ސިޔާސީ ޕާޓީއަކުން އިންޑިއާ އައުޓް ގޮވާތީ ކަންބޮޑުވޭ: ޝަރީފް
ޤައުމީ ސަލާމަތާއި ސިޔާދަތު ދެމެހެއްޓުމަށް އިންޑިއާގެ ތާއީދާއި އެއްބާރުލުން މުހިއްމު
ކަމެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަ އެހީވާން އޮންނާނެ ޤައުމަކީވެސް އިންޑިއާ

ޕީޕީއެމްފަދަ ސިޔާސީ ޕާޓީއަކުން އިންޑިއާ އައުޓް ގޮވާތީ ކަންބޮޑުވެވަޑަައިގަންނަވާ ކަމަށް މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އިންޑިއާ އައުޓް ކިއުމަށް ތާއީދު ނުކުރައްވާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، އިންޑިއާއަކީ މި ސަރަޙައްދުގެ އެންމެ ބާރުގަަދަ ޤައުމު ކަމަށާއި، ކަމެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަ އެހީވާން އޮންނާނެ ޤައުމަކީވެސް އިންޑިއާ ކަމަށެވެ.

ވުމާއެކު، ދިވެހިންގެ ޤައުމީ ސަލާމަތާއި ސިޔާދަތު ދެމެހެއްޓުމަށް އިންޑިއާގެ ތާއީދާއި އެއްބާރުލުން މުހިއްމުކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. އެއީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށްވެސް މުހިއްމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ރާއްޖޭގައި ޙަރަކާތްތެރިވާ ބޮޑު ސިޔާސީ ޕާޓީއަކުންނާއި، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެފަަދަ ވާހަކަތައް ދެއްކެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެފަދަ ވާހަކަތަކަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށްވެސް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.

ދިވެހިންނަކީ އިންޑިއާގެ ރަޙްމަތްތެރިކަން އަބަދުވެސް ބޭނުންވާނެ ބައެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، އިންޑިއާ އިން ފެންނަ ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން އިންޑިއާ މީހުން ދިވެހިންނާ މުޚާތަބުކުރާކަމަށާއި، އެކަން ހިނގާފައިވަނީ އިންޑިއާގައިކަމަށް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ރިޕޯޓުގައިވެސް ބަޔާން ކޮށްފައިވެއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭން ފުޅާވަމުންދާ ވަރަކަށް، އެކަމުން ދިވެހިރާއްޖެއަށް ކުރާ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި، އެގޮތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާ ދިމާކުރަމުންދާކަންވެސް ބަޔާން ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް