Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 20:33
ފޮރިން މިނިސްޓަރު ޚަލީލް "އިންޑިއާ އައުޓް" ޓީޝާޓެއް ލައިގެން
ފޮރިން މިނިސްޓަރު ޚަލީލް "އިންޑިއާ އައުޓް" ޓީޝާޓެއް ލައިގެން
ސޯޝަލް މީޑިއާ
މަޖިލިހުގެ އިމްތިޔާޒު
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޚަލީލް ވަނީ މަޖިލިހުގައި އިންޑިއާ އައުޓް ޓީޝާޓް ނުލަން ކަމަށް ވިދާޅުވެފައި
ޑޮކްޓަރ ޚަލީލް އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުރި ޓީޝާޓް ސޯޝަލް މީޑިއާ ގައި ވަނީ ފާޅުވެފައި
މީކާއީލް އަހްމަދު ނަސީމް މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ ދަށުން އިމްތިޔާޒުގެ މައްސަލައެއްގެ ގޮތުގައި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް މަޖިލިހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލަސާއަށް، ވަޑައިގެން، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ދޮގު ހެއްދެވި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހޯމަ ދުވަހު މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިމްތިޔާޒުގެ، މައްސަލައެއްގެ ގޮތުގައެވެ.

މީކާއީލް ވިދާޅުވެފައި ވަނީ، "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ. ދަށުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް މަޖިލީހަށް ހާޒިރު ކުރުމަށް 2 ޖޫން 2025 ގައި ފޮނުވާފައިވާ "ސުވާލު ނޯޓިސް" އަށް ޖަވާބު ދެއްވުމަށް މަޖިލީހަށް 13 އޮގަސްޓު 2025 ވަނަ ދުވަހު ބޭއްވުނު 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލަސާއަށް، ވަޑައިގެން، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ވަނީ އިތުރުފުޅު ހައްދަވާފައެވެ."

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން "ސޯޝަލް މީޑިއާ އިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވަނެ 'އިންޑިއާ އައުޓ ޓީޝާޓު'، ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ، ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި، އޮވެދާނެ،" ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާ އިން ދަނީ ފެންނަމުން ކަމަށް މީކާއިލް ވިދާޅުވެފައިވެއެވެ.

މަޖިލިހަށް މެމްބަރު މީކާއީލު ހުށަހެޅުއްވި މައްސަލައިގެ ސްކްރީން އިމޭޖެއް - އިންޑިއާ އައުޓް ޓީޝާޓް ލައިގެން ޚަލީލު ހުންނެވި ފޮޓޯ ސޯޝަލް މީޑިއާ ގައި ވަނީ އާންމު ވެފައި

މީކާއީލް ހުށަހެޅުއްވި އިމްތިާޒުގެެ މައްސަލަ އާ އެކު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ކޮވިޑް ދުވަސްވަރު ސީދާ "އިންޑިއާ އައުޓް" ޖަހާފައިވާ ޓިޝާޓެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް އެއްކަރުދާސް ކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު 5/2013 - ރައްޔިތުންގެ މަޖިލީހުގެ އިމްތިއާޒުތަކާއި ބާރުތަކުގެ ޤާނޫނު ގެ 3 ވަނަ މާއްދާގައި އާއި ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައްޔިތުންގެ މަޖިލީހަށް ލިިދީފައިވާ އިމްތިޔާޒުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅިގެން އެ މަޖިލީހަށާއި، އެ މަޖިލީހުގެ ކޮމިޓީތަކަށާއި މަޖިލީހުގެ މެންބަރުންނަށް އެ ޤާނޫނުގެ ދަށުން، ލިބިދޭ ބައެއް ބާރުތަކާއި، އިމްތިޔާޒުތައް ބަޔާންކޮށްދީފައިވާ ކަމަށް މީކާއީލް ފާހަގަ ކުރައްވާފައި ވެއެވެ.

- ކޮމެންޓް