ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 03:08
އެޗްއާރުސީއެމް
އެޗްއާރުސީއެމް
އެޗްއާރްސީއެމް
އެޗްއާރުސީއެމްގެ ކަންބޮޑުވުން
ބަދުއަޚުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯ އާންމުކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި
މިފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގައިވެސް ހުރަސްތަކަކާ ކުރިމަތިވާނެ
މިފަދަ ކަންކަމަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި އާއިލާތައް ރޫޅި ދިޔުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެއް
އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުން

މިދުވަސްވަރު މީޑިޔާގައި ދައުރުކުރަމުން ގެންދާ ބަދުއަޚުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުކުރުން އިތުރުވަމުންދާއިރު މިއީ ޖިނާއީ ކުށަކަށްވުމުގެ އިތުރުން، ކުށްކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތައްކަމަށް ބުނެ އެކިއެކި ފަރާތްތަކުގެ ވަނަވަރު އާންމުކޮށް ސޯޝަލް މީޑިޔާގައި ދައުރުކުރުމަކީ ބައެއްގެ އަބުރާއި ކަރާމާތަށް އަރައިގަތުމުގެ އަމަލުތަކެއް ކަމަށްވާތީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކަމާމެދު ކަންބޮޑުވުންފާޅުކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގައިވެސް ހުރަސްތަކަކާ ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވުމުގެ އިތުރުން މިފަދަ ކަންކަމަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި އާއިލާތައް ރޫޅި ދިޔުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެއްކަމަށެވެ. މީގެއިތުރުން ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއަކަށް ވީހިނދު، މިފަދަ ވީޑިއޯތައް އާންމުކުރާ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކަކީ ކުޑަކުދިންވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމުތަކެއް ކަމަށްވުމުން އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިއީ ރައްކާތެރިކަމާއެކު ހެދި ބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާ ކަމެއްކަމުގައި ދެކޭކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

މިފަދަ މައްސަލަތަކުގައި އަދި އެހެންވެސް މައްސަލަތަކާ ގުޅޭގޮތުން ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ އެފަދަ ކަންކަން ބަލައި ތަހުގީގުކުރުމުގެ ބާރު އޮތް އިދާރާތަކަށް އެމައުލޫމާތު ހިއްސާކޮށް މައްސަލަތައް ތަހުގީގު ކުރުމަށާއި އަދުލު އިންސާފު ގާއިމުކުރުމަށް އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެއާއެކު މިފަދަ މައްސަލަތަކާއި ގުޅިގެން މައްސަލަތައް ބެލުމުގެ އިހުތިސާސް އޮންނަ ތަހުގީގީ އިދާރާތަކާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމަށާއި ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު މުހިންމު ކަމެއްކަމަށްވާތީ އެގޮތުގެ މަތިން ހުރިހާ އިދާރާތަކުންވެސް އަމަލުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް