ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 16:27
އެޗްއާރުސީއެމް ގެ ނަން ބޯޑު
އެޗްއާރުސީއެމް ގެ ނަން ބޯޑު
ރާއްޖެ އެމްވީ
އެޗްއާރުސީއެމްގެ ތަފާސްހިސާބުތައް
އެޗްއާރުސީއެމް އަށް މި އަހަރު މިހާތަނަށް 361 މައްސަލަ!
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 361 މައްސަލަ ނިންމާފައިވޭ
577 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުން

ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމް އަށް މި އަހަރު މިހާތަނަށް 361 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމްގެ ތަފާސްހިސާބުތައް ދައްކާގޮތުން  މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 361 މައްސަލަ ނިންމާފައިވެއެވެ. އަދި މިހާރު 525 މައްސަލައެއް ބަލަމުން އަންނައިރު، ގާނޫނުގެ ދަށުން 314 މައްސަލަ ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ތަހުގީގު ކުރި މައްސަލަތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 51 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރު އެ ކޮމިޝަނުން 52 މައްސަލައެއް ބަލަމުންދާއިރު 35 މައްސަލައެއް ހިމެނެނީ ޑިއުޓީ ޕްރޮސެކިއުޝަންގަ އެވެ.

ހަމައެހެންމެ ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތްއިރު 41 މައްސަލައެއް ނިންމާފައިވާ ކަމަށް އެޗްއާރުސީއެމްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި މުއްދަތުގެ ނިޔަލަށް 577 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް