ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 14:02
ގެފުޅު ސަރަހައްދު ވަށައިގެން ހަރުކޮށްފައި ހުރި ހުރަސްތައް ނަގަނީ
ގެފުޅު ސަރަހައްދު ވަށައިގެން ހަރުކޮށްފައި ހުރި ހުރަސްތައް ނަގަނީ
ޓްވިޓަރ
ގެފުޅުގައި އަތްލެވޭ ގޮތަށް ހުޅުވާލުން
ދެ އަހަރަށްފަހު ގެފުޅުގައި އަތްލެވޭ ގޮތަށް އެސަރަހައްދު ހުޅުވާލައިފި
ގެފުޅުގައި އަތްލެވޭ ގޮތަށް ހުޅުވާލީ 2 އަހަރަށް ފަހު
ގެފުޅު ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެއްވެސް މީހަކަށް ގެފުޅުގައި އަތް ނުލެވޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް އާއްމުންނަށް ގެފުޅުގައި އަތްލެވޭ ގޮތަށް ހުޅުވާލައިފިއެވެ.

ސައުދީ އަރަބިއްޔާއިން މި ނިންމުން ނިންމާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މި ނިންމުން އިޢުލާން ކުރެއްވީ އެ ގައުމުގެ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދަ އެފެއަރޒް އޮފް ދަ ހޮލީ މޮސްކްސް ބެލެހެއްޓެވުމާއި ހަވާލުވެ ހުންނެވި ޝެއިޚް ޑރ.އަބްދުއްރަހުމާން އަލް-ސުދައިސްއެވެ. އާއްމުންނަށް އަތްލެވޭގޮތަށް ގެފުޅު ހުޅުވާލާފައި މި ވަނީ ދެ އަހަރު ދުވަސް ވަންދެން ގެފުޅުގައި އަތް ނުލެވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށް ފަހުގައެވެ. ގެފުޅު ވަށައިގެންވާ ސަރަހައްދު ބަންދުކޮށްފައި ވަނީ އެ ސަރަހައްދުގައި އުޅޭ ހައްޖުވެރިންގެ މެދުގައި ގައިދުރުކަން ބަހައްޓާކަން ކަށަވަރުކުރުމަށްޓަކައެވެ.

ކޮވިޑްގެ-19ގެ ހާލަތު ބަދަލުވަންދެން ގެފުޅުގެ ވަށައިގެންވާ ސަރަހައްދު ރަސްމީކޮށް ބަންދު ކުރީ 2020 ވަނަ އަހަރުގެ މަރޗް މަހުގައެވެ. އޭގެ ކުރިން އެ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ގެފުޅު ހުންނަ ސަރަހަައްދު ވަނީ ބަންދުކޮށްފައެވެ. މި އަހަރުގެ މަރޗް މަހުގެ 5 ވަނަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން އެ ގައުމުގައި އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް