ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 13:07
އަހުމަދު މުޖުތަބާ
އަހުމަދު މުޖުތަބާ
ފޭސްބުކް
އަހުމަދު މުޖުތަބާ
ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް ކުއްލި ގޮތަކަށް ނިޔާވެއްޖެ
ނިޔާވިއިރު އުމުރުން 39 އަހަރު
ދައުލަތުގެ ޕްރޮކިއުމަންޓް ހަރުދަނާ ކުރަން މުޖުތަބާ ގިނަ މަސައްކަތްތަކެއް ކުރެއްވި

ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާ މިއަދު ހެނދުނު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުޖުތަބާ ނިޔާވެފައިވަނީ އޭނާގެ އުފަން ރަށުގައި ހުއްޓައި، ކުއްލިއަކަށް ބަނޑަށް ތަދެއް އަރައިގެން މާލެ ގެނައި ފަހުންނެވެ. ޓެސްޓުތަކުން އެނާގެ ކިޑްނީ ފެއިލްވީކަން އެނގިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 39 އަހަރެވެ.

Advertisement

މުޖުތަބާ ފިނޭންސް މިނިސްޓްރީއާ ގުޅުނީ 2008 ވަނަ އަހަރުއެވެ. މުޖުތަބާ ވަނީ ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

މުޖުތަބާ ވަނީ މީގެ ކުރިން ގިނަ އިދާރާތަކެއްގައިވެސް މަސައްކަތްކުރައްވާފައެވެ. ޓެންޑަރ ބޯޑުގެ އިސް ވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާއިރު، އޭނާއަކީ އެމްޓީޑީސީގެ ބޯޑު މެމްބަރެއްވެސް މެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް