ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 20:45
ފްރާންސްގެ ޑިފެންޑަރު ނޯޑީ މިއުކޭލޭ
ފްރާންސްގެ ޑިފެންޑަރު ނޯޑީ މިއުކޭލޭ
ޓްވިޓާ / ފެބްރީޒިއޯ ރޮމާނޯ
ސަމަރ ޓްރާންސްފަރ
ނޯޑީ ޕީއެސްޖީއަށް
ނޯޑީ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާރުބީ ލެޕްޒިގްއަށް ކުޅެފައި

ފްރާންސްގެ ޑިފެންޑަރު ނޯޑީ މިއުކޭލޭ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ނޯޑީ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާރުބީ ލެޕްޒިގްއަށް ކުޅެފައެވެ. މި މުއްދަތުގެ ތެރޭގައި ލެޕްޒިގްއަށް 100 މެޗު ކުޅެދިން ނޯޑީ އެޓީމަށް 8 ލަނޑު ޖަހައިދިނެވެ. ނޯޑީ އަންނަނީ މިދިޔަ އަހަރުން ފެށިގެން ފްރާންސްގެ ގައުމީ ޓީމަށްވެސް ކުޅެމުންނެވެ.

އުމުރުން 24 އަހަރުގެ ޒުވާން ޑިފެންޑަރު ޕީއެސްޖީން ހޯދީ އޭނާ ހޯދުމަށް ޗެލްސީންވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ. ޕީއެސްޖީއާ ގުޅެން ނިންމައި، މެޑިކަލް ޓެސްޓުތައް ހެދުމަށް މިރޭގެ ވަގުތެއްގައި ނޯޑީ ޕީއެސްޖީއަށް ދަތުރުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީ އަދި ޕީއެސްޖީންވެސް އަންނަނީ މިއަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި މި ދެޓީމަށްވެސް މިހާރު އެންމެ މުހިންމުވެފައި ވަނީ ޑިފެންސް ލައިނުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިންތަކެއް ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް