ސްރީލަންކާގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގާ މައި މަރުކަޒަށް ސަލާމަތީ ބާރުތަކުން އެތައް ސަތޭކަ ސިފައިނާއި ފުހުން ވަދެގަނެ އެތަނުގަ ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ މަސައްކަތް ހުކުރު ދުވަހު ފަށައިފިއެވެ. ސިފައިންނާއި ފުލުހުން އިދިކޮޅު މައި ކޭމްޕަށް ވަދެ އެތަނުގައި އަޅާފައިވާ ޓެންޓުތަކާ ތަންތަން ރޫޅާ ހަލާކުކޮށްލާ، މުޒާހަރާ ކުރާ ފަރާތްތައް ގެޔަށް ފޮނުވާލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި މިކުރިމަތިލުންތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައި ވެސް ވެއެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް ހިންގަމުންދާ ފަރާތްތަކުން ހިފައިގެން ތިބީ ކޮލަމްބޯގައި ހުންނަ ރައީސްގެ އޮފީހާ ދިމާގައިވާ ހުސް ސަރަހައްދުތަކެވެ.
 
                    ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ ބުރާސްފަތި ދުވަހު ވަނީރައީސް ކަމަށް ހޮވިވަޑައިގެން ރައިސްކަމުގެ ހުވާކުރައްވާފައެވެ. އެއާ އެކު އައު ރައީސް ވަނީ އިދިކޮޅު މުޒާހަރާތައް ކޮންމެ ގޮތެއްހަދައިގެންވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަހު ވަނީ ބޮޑުވަޒީރުގެ މަގާމަށް ވެސް އައު ބޭފުޅަކު އައްޔަން ކުރެވި ހުވާ ކުރައްވާފައެވެ. އެއީ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ދިނޭޝް ގުނަވަރުދަނާ އެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
