ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 13:19
ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި ލަންކާ ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގަތުން
ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި ލަންކާ ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގަތުން
އެންޑީޓީވީ
ލަންކާގެ ހަމަނުޖެހުން
ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި، ލަންކާ ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގެންފި
ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައި
އޭނާގެ ވެރިކަމުގެ ދައުރުގައި ބާކީ އޮތް ދެ އަހަރު ނިންމާނެކަމަށް ވިދާޅުވި
އެތައް ބަޔަކު ވަނީ މަގުތަކަށް ނުކުމެ، މުޒާހަރާ ކުރަންފަށާފައި

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލައި، ލަންކާ ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގެންފިއެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލަމުންދާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިތުވަމުންނެވެ. އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ރައީސަށް އަމާޒުވެފައިވާއިރު، ސިޔާސީ އިދިކޮޅު ލީޑަރުންވެސް ދަނީ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަގާމުން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

ހޮނިހިރު ދުވަހުވެސް އެތައް ބަޔަކު ވަނީ މަގުތަކަށް ނުކުމެ، މުޒާހަރާ ކުރަން ފަށާފައެވެ.

ކަންމިހެން އޮތްނަމަވެސް މީގެ ކުރިންވެސް އެކި ފަހަރުމަތިން ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އާންމު ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގަތުމުގެ ކުރިން ރައީސް ގޮތަބަޔާ ވަނީ ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައެވެ.

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ގޮތަބަޔާ ވަނީ އޭނާގެ ވެރިކަމުގެ ދައުރުގައި ބާކީ އޮތް ދެ އަހަރު ނިންމަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެ ވަަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގޮތަބަޔާ ވަނީ އޭނާއަށް ފަސް އަހަރުގެ ދައުރެއް ހަވާލުކޮށްފައިވާ ކަމަށާއި، ދައުރު ހަމަނުވަނީސް ވެރިކަމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ނާކާމިޔާބު ރައީސެއްގެ ގޮތުގައި ވަކިވެވަޑައިގަންނަވަން ބޭނުންފުޅުނުވާކަމަށް ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް