ކ. މާލެ
|
16 ޖޫން 2022 | ބުރާސްފަތި 20:51
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
އެސްޓީއޯ
ލީސިން ޕާޓްނަރުކަން ދިނުން
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
މިގޮތަށް ރެކް ލީސް ކުރާ ފުރަތަމަ ކުންފުންޏަކީ އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖައްސައިފިއެވެ.

ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖެއްސުމަށްޓަކައި ބުރާސްފަތި ދުވަހު ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން ވިދާޅުވީ މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިގޮތަށް ރެކް ލީސް ކުރާ ފުރަތަމަ ކުންފުންޏަކީ އެސްޓީއޯ ކަމަށް ވެސް ވިދާޅުވިއެވެ.

ބޮޑަށް ބޭނުންވަނީ ތަކެތި ތަންތަނުން ގަތުމަށް ވުރެން އެތަކެތި ލިބޭ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، ރެކް ލީސް ޕްރޮޖެކްޓުގެ ދަށުން އެހެން ފަރާތްތަކަށް ވެސް ރެކްތައް ކުއްޔަށް ދޫކުރާނެ ކަމަށާއި އެހެން މީހުންނާއެކު މަޝްވަރާތައްކޮށް، ޕްރޮޕޯސަލްތަކަށް ހުޅުވާލާފައިވާނެ. މާރޗް މަހު މިގޮތަށް ހުޅުވިގެން އައިރު މިއީ ކާމިޔާބީއެއް ކަމަށާއި ރަށްތަކުގައި ހުރި އެސްޓީއޯގެ ފިހާރަތަކުގައި ވެސް މިގޮތަށް ރެކްތައް ކުއްޔަށް ދޫކުރުމުގެ ވިސްނުން އެބަހުރި
އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން

މި ރަސްމިއްޔާތުގެ ތެރެއިން މިފްކޯއިން ވަނީ ޑްރެއިންޑް ކަނޑުމަސް ޗަންކްސް މަސް ދޮޅު ވެސް ތައާރަފުކޮށްފައެވެ. މި މަސްދަޅަކީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެއް ކަމަށާއި މިއީ މި ބާވަތުގެ މަސްދަޅު ބާޒާރާ ނެރޭ ފުރަތަމަ ފަހަރު ކަމަށް މިފްކޯއިން ބުނެއެވެ.

މި މަސްދަޅު މިފްކޯގެ މަސް ފިހާރަތަކުންނާއި އެހެނިހެން ފިހާރަތަކުން ވެސް މިހާރު ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ ހަމަޖައްސާފައިވާއިރު މިފްކޯގެ އުފެއްދުންތައް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލިބޭނެއެވެ.

އެސްޓީއޯ އިން ބުނީ އިތުރު ފަރާތްތަކާއެކު ވެސް މިފަދައިން ރެކްތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރޭޝަންގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް