Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 09:59
އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން
އެމްޑީޕީ ޤައުމީ މަޖިލީހުގެ ތެރެއިން
މުހައްމަދު ޝަރުހާން
އެމްޑީޕީ
ކޮންގްރެސްގެ ކުރިން ގޮފި އުފެއްދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
އަންނަމަހުގެ 16 ގެ ކުރިން ގޮފިތައް ހަދަން ޖެހޭ
ކޮންގްރެސްގައި ބައިވެރިވެވޭނީ ޖުލައި 31 ގެ ކުރިން ގޮފިތަކުން ހޮވާ ރައީސުންނަށް
ކޮންގްރެސް ބާއްވަނީ ސެޕްޓެމްބަރު މަހު

 

މިއަހަރު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ ކުރިން ގޮފިތައް ފުރިހަމަ ކުރުމާއި އާ ގޮފި ހެދުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 15 އިން 17  އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ 4 ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވާ ޕާޓީގެ ގޮފިތަކުގެ ރައީސުން ކަނޑައެޅުމަށްޓަކައި މިހާރު ރަޖިސްޓްރީކުރެވިފައިވާ ގޮފިތައް ފުރިހަމަކުރުމަށާއި އަލަށް ގޮފި ހެދުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު އަންނަ މަހުގެ 16 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.
އެމުއްދަތުގައި އަލަށް އުފައްދާ ގޮފިތަކާއި މިހާރުވެސް ރަޖިސްޓްރީކުރެވިފައިވާ ގޮފިތަކުގެ މެމްބަރޝިޕް ފުރިހަމަކުރުމަށްފަހު ހުށަހެޅޭ ގޮފިތައް ޕާޓީގެ އިދާރާއިން ޗެކްކުރުމަށްފަހު އުފައްދާ އަދި ފުރިހަމަކުރާ ގޮފިތައް އެފަރާތްތަކަށް އަންގަމުންދާނެ ކަމަށާއި  އެއަށްފަހު ގޮފީގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް އެގޮތްޕަކަށް އަންގާނެ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ އެކޮންގރެސްގައި ބައިވެރިވެވޭނީ އަންނަމަހުގެ 16ގެ ކުރިން އުފައްދައި އަދި 31 ޖުލައި 2017 ގެ ކުރިން ހިންގާ ކޮމިޓީ އިންތިޚާބުކުރާ ގޮފިތަކުގެ ރައީސުންނަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް