ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 22:46
ޗައިނާގެ ސަންސީނޯ ބަޔޮލޮޖިކްސްއިން ކޮވިޑް-19ށް އުފެއްދި ކޮންވިޑީޝިއާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އިމަޖެންސީ ހުއްދަދީފައި
ޗައިނާގެ ސަންސީނޯ ބަޔޮލޮޖިކްސްއިން ކޮވިޑް-19ށް އުފެއްދި ކޮންވިޑީޝިއާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އިމަޖެންސީ ހުއްދަދީފައި
ރޮއިޓަރސް
ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮވިޑް ވެކްސިން
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮވިޑް ވެކްސިނަށް އިމަޖެންސީ ހުއްދަދީފި
މިވެކްސިނަކީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ވެކްސިނެއް
ކޮންވިޑީޝިއާ ވެކްސިނަކީ ކޮވިޑް-19ށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުއްދަ ލިބުނު 11 ވަނަ ވެކްސިން
ކޮންވިޑީޝިއާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަޖެންސީ ހުއްދަ ދީފައިވަނީ ބުރާސްފަތި ދުވަހު

ޗައިނާގެ ސަންސީނޯ ބަޔޮލޮޖިކްސްއިން ކޮވިޑް-19ށް އުފެއްދި ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަޖެންސީ ހުއްދަ ދީފިއެވެ.

ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮންވިޑީޝިއާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމަޖެންސީ ހުއްދަ ދީފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ކޮންވިޑީޝިއާ ވެކްސިނަކީ ކޮވިޑް-19ށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުއްދަ ލިބުނު 11 ވަނަ ވެކްސިނެވެ. މިވެކްސިނަކީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ވެކްސިނެކެވެ.

މިވެކްސިނަކީ ކޮވިޑްގެ ސިމްޓޮމެޓިކް ކޭސްތަކަށް 64 އިންސައްތަ ކާމިޔާބު، އަދި ބަލީގެ ނުރައްކާ ކުޑަކުރުމަށް 92 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށް ސަންސީނޯއިން ފާހަގަކުރެއެވެ.

މީގެކުރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި، ފައިޒަރ އަދި ބަޔޯއެންޓެކްގެ ވެކްސިނާއި މޮޑާނާގެ ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން، އަދި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިންގެ އިތުރުން ނޮވަވެސްކެގެ ވެކްސިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް