ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 17:02
ގްރެފިޓީ
ގްރެފިޓީ
ރޮއިޓާސް
ބްރެޒިލްގެ މިނިވަން ދުވަސް
ބްރެޒިލްގެ 200 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގްރެފިޓީ ކުރެހުންތަކެއް
ކުރެހުންތައް ކުރަހާފައިވަނީ މިނިވަންކަމުގެ ތީމްގެ މައްޗަށް

ބްރެޒިލްގެ 200 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގްރެފިޓީ ކުރެހުންތަކެއް ކުރަހައިފިއެވެ.

އެމީހުން ގްރެފިޓީތައް ކުރެހުންތައް ކުރަހާފައިވަނީ މިނިވަންކަމުގެ ތީމްގެ މައްޗަށް ބިނާކޮށެވެ.

މިކަމަކީ ސުޕްރީމް ކޯޓުގެ ޕްރޮގްރާމެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތް ކުރިއަށް ގެންދަނީ، ދޮގު މައުލޫމާތާއި ދޮގު ޚަބަރުގެ އިތުރުން ހޭޓް ސްޕީޗް ފެތުރުމާއި ދެކޮޅަށެވެ.

ޝާމީ ފެރޭރާ ބުނެފައިވާ ގޮތުން އޭނާގެ ކުރެހުން ކުރަހާފައިވަނީ އިގުތިސާދީ މިނިވަންކަމުގެ މައްޗަށެވެ.

އަަހަރެންގެ ކުރެހުމުން ދައްކުވައިދޭނީ އިގުތިސާދީ މިނިވަންކަން. އަހަރެން މި ކުރަހަނީ އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި ހެނދުމެއް ވިޔާތަން
ޝާމީ ފެރޭރާ

މި ކުރެހުންތައް ކުރަހަމުން ގެންދަނީ ސުޕްރީމް ކޯޓުން ދީފައިވާ އާރޓިކަލްތަކުގެ މައްޗަށެވެ. އެގޮތުން މަދަނީ ހައްގުތަކަށް ކުރެހުންތައް ކުރަހާފައިވާއިރު މިއީ ޒުވާނުން އިންސްޕަޔަރ ކުރުމަށް ލިބަޓީސް ޕްރޮޖެކްޓް ބުކްލެޓް ދަށުން ކުރިއަށްގެންދާ ކަމެކެވެ.

ފްލަވިޔޯވެސް ބުނެފައިވަނީ މިއީ އޭނާއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މިއީ ވަރަށް މަދުން ވާކަމެއް. އަހަރެންގެ މަސައްކަތް މިހެން ތަނަކަށް ދޫކޮށްލުމަކީ މިއީ އަހަންނަށް ވަރަށް މުހިންމު ކަމެއް. މި ގައުމު ބިނާކުރުމަށް އަހަރެންގެ މާމައާއި ކާފަ އެހީތެރިވެދިން.
ފްލަވިޔޯ

އާޓިސްޓުން ހޮވާފައިވަނީ ކަރިޔޯކާ ގްރެފިޓީ ސްކޫލާއި ގްރެފިޓީ މިއުޒިއަމް ގުޅިގެންނެވެ. ކޯޓުން ބުނެފައިވަނީ ގޮތުން ލިބަޓީސް ޕްރޮޖެކްޓް ފޮތް އޮގަސްޓް މަހު، ހުރިހާ އާޓިސްޓުންގެ ކުރެހުންތަކާއި މިނިސްޓަރުންގެ އާޓިކަލްތަކާއެކު ނެރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް