ކ. މާލެ
|
18 މެއި 2022 | ބުދަ 16:03
ލިތުއޭނިއާގައި ކުރިއަށްގެންދިޔަ ސްޓްރޯލަރ ދުއްވުމުގެ ހަރަކާތުގެ ތެރެއިން
ލިތުއޭނިއާގައި ކުރިއަށްގެންދިޔަ ސްޓްރޯލަރ ދުއްވުމުގެ ހަރަކާތުގެ ތެރެއިން
ރޮއިޓާސް
ސްޓްރޯލަރ ދުއްވުމުގެ ހަރަކާތް
ދަރިން ހޯދުމަށް ޝައުގުވެރިކުރުވުމަށް ލިތުއޭނިއާގައި ސްޓްރޯލަރ ދުއްވުމުގެ ހަރަކާތެއް
އަންނަ އަހަރުގެ މި ދުވަސް ފާހަގަ ކުރަންވާއިރަށް 230 ކުދިން އުފަންވުމަކީ އުންމީދެއް
ކުޑަކުދިންނާއި ދެ ޖިންސުގެ ބޮޑެތިމީހުންވެސް މި މަޖަލުގައި ބައިވެރިވި

އެކި މުނާސަބަތުތަކާ ގުޅުވައި ތަފާތު ޝައުގުވެރި ހަރަކާތްތައް ގައުމުތަކުގައި ބާއްވައެވެ. އެފަދަ ހަރަކާތެއް ލިތުއޭނިއާގައި މިވަނީ ބާއްވާފައެވެ.

ލިތުއޭނިއާގެ މަރިޔަޕޯލޭގެ ޓައުނަށް 230 އަހަރު ފުރުމާ ގުޅުވައިގެން އެ ޓައުންގައި ތަފާތު ހަރަކާތެއް މިވަނީ ބާއްވާފައެވެ. މި ހަރަކާތަކީ އެ ޓައުންގައި ދިރިއުޅޭ ރައްޔިތުން ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއީ ކުޑަކުދިން އުފުލާ ސްޓްރޯލަރ ދުއްވުމުގެ ހުނަރު ޓެސްޓް ކުރުމުގެ ހަރަކާތެކެވެ. ޑަމީސް އަރުވައިގެން ޚާއްސަ ޓްރެކެއްގައި ސްޓްރޯލަރ ދުއްވިއިރު ކުޑަކުދިންނާއި ދެ ޖިންސުގެ ބޮޑެތިމީހުންވެސް މި މަޖަލުގައި ބައިވެރިވިއެވެ.

"މިއީ މި ޓައުންގައި މިގޮތަށް ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތް. މަރިޔަޕޯލޭއަކީ ވަރަށް ރޮމޭންޓިކް ސިޓީއެއް. އަހަރެމެން ހުރިހާ ކަމެއްވެސް ކުރަނީ ރޮމޭންޓިކް ގޮތަކަށް. ޓައުންގެ 230ވަނަ އަހަރު ފާހަގަކުރާއިރު މިއީ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" މޭޔަރ އެގްނީ ވިދާޅުވިއެވެ.

ސްޓްރޯލަރ ދުއްވުމުގެ މި ރޭހަކީ ފެސްޓިވަލްގެ ބައެކެވެ. އަންނަ އަހަރުގެ މި ދުވަސް ފާހަގަ ކުރަންވާއިރަށް 230 ކުދިން އުފަން ވުމަކީ އުންމީދެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް