ކ. މާލެ
|
16 މެއި 2022 | ހޯމަ 18:18
ސްކައި ބްރިޖް
ސްކައި ބްރިޖް
ސީ.އެން.އެން
ސްކައި ބްރިޖް 721
ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ފުޓްބްރިޖް
މިއީ 721 މީޓަރު ދިގު ބްރިޖެއް

ދިރިއުޅުމުގައި ބިރުވެރިކަންކަމާއި ނުރައްކާތެރި ކަންކަން ކުރަން ބޭނުންވާ މީހުން ވެސް ތިބެއެވެ. މިފަދަ މީހުންނަށް ޗެކް ރިޕަބްލިކް ފަރުބަދަތަކުގެ މެދުގައި ހަދާފައިވާ ސަސްޕެންޝަން ފުޓްބްރިޖް ކަމުދާނެއެވެ. މިއީ ދުނިޔޭގައި ވެސް ހުރި މިފަދަ އެންމެ ދިގު ބްރިޖެވެ.

"އަހަރެމެންނަކީ ބިރުވެރި ކަންކަމާ ކުރިމަތިލާހިތްވާ ބައެއް. އެހެންވެ މިތަނަށް މިއައީ." މިއީ 721 މީޓަރު ދިގު އެ ބްރިޖަށް އެރުމުގެ ކުރިން، ހައިކަރެއް ކަމަށްވާ ކްލެސްޓިލޯވާ ބުނި ވާހަކައެވެ. އެ ބްރިޖު ހަދާފައިވަނީ 95 މީޓަރު އުހުގައެވެ. އެ ބްރިޖް ކޮންމެ ހުކުރު ދުވަހެއްގައި އާއްމުންނަށް ހުޅުވާލާއިރު، މިއީ އެ ސަރަހައްދުގެ އެންމެ އުހުގައި ހަދާފައިވާ ބްރިޖެވެ.

"ސްކައި ބްރިޖް 721"ގެ ނަމުން ނަން ދީފައިވާ މި ބްރިޖް ހަދަން ދެ އަހަރު ނަގާފައިވާއިރު، 8.4 މިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދު ވެފައެވެ. އެ ބްރިޖް ހަދާފައިވަނީ 60 ވިންޑް ވަލުންނާއި ބްރިޖަށް ސަޕޯޓް ދިނުމަށް 6 ވާ ބޭނުން ކޮށްގެންނެވެ. އެ ބްރިޖުން ދެ ފަރުބަދަ ގުޅުވާލާއިރު، ބްރިޖް ހުންނަނީ ޗެކް ރިޕަބްލިކްގެ އުތުރުން ޕްރާގާއި ޕޮލެންޑުގެ ބޯޑަރު ކައިރީގައެވެ.

މި ބްރިޖުގެ ކުރިން ދުނިޔޭގެ އެންމެ ދިގު ސަސްޕެންޝަން ބްރިޖުގެ މަގާމު ހޯދާފައިވަނީ ޕޯޗުގަލްގައި އޮންނަ އަރުކާ ބްރިޖެވެ. އެ ބްރިޖުގައި 1،692.9 ފޫޓު ނުވަތަ 516 މީޓަރު ހުރެއެވެ.

ގިނަ ބައެއްގެ މެދުގައި ޗެކް ރިޕަބްލިކްގެ މި ބްރިޖް މަގުބޫލު ނަމަވެސް ބްރިޖަށް ފާޑު ކިޔާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ޗެކް ރިޕަބްލިކްގެ "ދަ ޗެކް ނޭޗަރ ކޮންޒަވޭޝަން އެޖެންސީ"ގެ ރީޖަނަލް ޑިރެކްޓަރ މައިކަލް ސަރވަސް ޝެކް ޓީވީއަށް ބުނި ގޮތުގައި، ބްރިޖުގެ ސަބަބުން އެ ސަރަހައްދުގެ ވަށައިގެންވާ ތަންތަން ރައްކާތެރިކުރުމަށް ދަތިވެއެވެ. އަދި އެ ސަރަހައްދުގެ މަލަަތިވެސް ބްރިޖުގެ ސަބަބުން ބަދަލުވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އެތަން ތަރައްގީކުރި ފަރާތްތަކުން ގަބޫލުކުރާގޮތުގައި، ފަރުބަދަތައް ގިނަ އެ ސަރަހައްދުގައި ބްރިޖް ހެދުމުން ޚާއްސަ ކަމެއް އެތަނަށް ގެނުވައި، ފަތުރުވެރިކަން ރަނގަޅުވާނެއެވެ.

އެތަނަނަށް ދާ ގިނަ މީހުން ބުނާ ގޮތުގައި ބްރިޖުން އެ ސަރަހައްދު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް