ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 17:26
ނޯރވިޗްގައި ޑޮމިނޯ އަތުރާފައި
ނޯރވިޗްގައި ޑޮމިނޯ އަތުރާފައި
ޑޮމިނޯ
ނޯރވިޗް ސިޓީގައި ބޮޑެތި ޑޮމިނޯތައް އަތުރާލާފައި
މުޅި ސިޓީގައި 7،000 އަށްވުރެ ގިނަ ޑޮމިނޯ ބްލޮކް ވަނީ އަތުރާފައި

ޑޮމިނޯއަކީ ހަތަރެސްކަނަށް، ކުދިކޮށް މުށިން ހަދާފައި ހުންނަ އެއްޗެކެވެ. މިއީ ވަކި ގޮތަކަށް އަތުރާފައި ހުންނަ އެއްޗެކެވެ. އަތުރާފައި ހުންނަ ޑޮމިނޯތަކުގެ ތެރެއިން އެއްޗަކަށްފަހު އެއްޗެއް ވެއްޓެމުންގޮސް މުޅި ސެޓު ވެއްޓެއެވެ. މިއީ ހިތްހަމަޖައްސާލުމަށްވެސް ގިނަ ބަޔަކު ކުޅޭ ކުޅިވަރެކެވެ.

އެހެންނަމަވެސް ނޯރވިޗްގައި މި ކުޅިވަރު ކުޅެނީ ތަފާތު ގޮތަކަށެވެ. އެމީހުން މި ކުޅިވަރު ކުޅެނީ ބޮޑެތި ޑޮމިނޯތަކަކާއެކުއެވެ. އެމީހުން މިކަން ކޮށްފައިވަނީ ނޯރވިޗް ފެސްޓިވަލާ ދިމާކޮށެވެ. މިގޮތުން މުޅި އެ ސިޓީގައި 7،000އަށްވުރެ ގިނަ ޑޮމިނޯ ބްލޮކް އަތުރައެވެ. ގޭގޭގެ ދޮރުމަތީގައާއި، ފިހާރަތަކާއި، ކެފޭތަކުގެ ތެރެއަށް ޑޮމިނޯތައް ވަނީ އަތުރާފައެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވި ވޮލަންޓިއަރެއް ކަމަށްވާ ޖޫލީ ބްރެމްނަރ ބުނިގޮތުގައި، އެމީހުން ވަނީ އެސިޓީގެ އެކި ސަރަހައްދުތަކުގައި މި ބްލޮކްތައް އަތުރާފައެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވި އެހެން ވޮލަންޓިއަރެއް ކަމަށްވާ ނިކީ ޑޭވީސް ބުނީ، މުޅި އެ ސިޓީ "ޕްލޭގްރައުންޑް"އަކަށް ބަދަލުވެފައިވާކަމަށެވެ. އަދި ހުރިހާ އެންމެންވެސް ޑޮމިނޯ ގޭމް ކުޅެން ފޯރި ހުންނަ ކަމަށާއި، މިހާރު މުޅި ސިޓީ ގޭމަކަށް ބަދަލުވެފައިވާކަމަށެވެ.

މިއީ ހުރިހާ އެންމެންވެސް ވަރަށް އެންޖޯއީކުރާ ކަމެއް.
ނިކީ ޑޭވީސް

މި ޑޮމިނޯތައް އަތުރާލުމުގައި 200އަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް