ކ. މާލެ
|
13 މެއި 2022 | ހުކުރު 17:08
މައުންޓް އެވަރެސްޓަށް 26 ފަހަރު އެރި މީހާ
މައުންޓް އެވަރެސްޓަށް 26 ފަހަރު އެރި މީހާ
ރޮއިޓަރސް
މައުންޓް އެވަރެސްޓް އަށް އެރުން
26 ވަނަ ފަހަރަށް މައުންޓް އެވަރެސްޓަށް އެރި މީހާ
އޭނާ ވަނީ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާފައި

"މިއީ އަހަރެން މި ފަރުބަދައަށް އަރާ 26 ވަނަ ފަހަރު، އަހަރުމެން 12 މީހުން މިތަނަށް އެރީ މެއި 7 ވަނަ ދުވަހު 6 ޖެހިއިރު، މިހާރު އެންމެން މިއުޅެނީ ފޮޓޯ ނެގުމުގައި"

މިއީ 26 ވަނަ ފަހަރަށް މައުންޓް އެވަރެސްޓަށް އެރުމަށްފަހު އުމުރުން 52 އަހަރުގެ ކަމީ ރިޓާ ޝެރްޕާ ބުނި ވާހަކައެވެ. އޭނާ ވަނީ ފަރުބަދަޔަށް އެރުމުގައި ހަދާފައިވާ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ.

ނޭޕާލްގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓްއަށް އެރުމަށް 316 ޕާމިޓް މިއަހަރު ވެސް ނޭޕާލުން ދޫކޮށްފައިވެއެވެ. މިދިޔަ އަހަރު އެޤައުމުން ވަނީ 408 ޕާމިޓް ދޫކޮށްފައެވެ.

ކަމީ ރިޓާ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާ، މައުންޓް އެވަރެސްޓަށް އެރުމުން އޭނާގެ އަންހެނުންނާއި އާއިލާ މީހުން ވަނީ މަރުހަބާ ކިޔާފައެވެ.

އެޤައުމުން ބޭރު ފައިސާ ހޯދުމަށްޓަކައި ބަރޯސާވަނީ ރީތި "ސްނޯގެ ތޮފި" އަޅާފައިވާ ފަރުބަދަތައް ބަލާލުމަށް ދާ ޓުއަރިސްޓުންނާ ފަރުބަދަތަކަށް އަރަން ދާ މީހުންނަށެވެ. އަދި އެތަންތަން ތޮއްޖެހޭ ވަރަށް މީހުންނަށް ފުރުސަތު ދޭތީ އާއި ފަރުބަދަތަކަށް އަރައިގެން އެތައް މީހުންނެއް މަރުވުމާއި ގުޅިގެން 2019 ވަނަ އަހަރު ނޭޕާލްއަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މިހާތަނަށް 10،657 ފަހަރު މައުންޓް އެވަރެސްޓަށް މީހުން ވަނީ އަރާފައެވެ. އަދި 311 މީހުން މަރުވެފައިވާ ކަމަށް އެކި ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް