ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 19:24
އައިޕޮޑް ބާޒާރަށް ނެރުނު ހަފްލާފައި ސްޓީވް ޖޮބްސް އޭގެ ތައާރަފެއް ދެއްވަނީ
އައިޕޮޑް ބާޒާރަށް ނެރުނު ހަފްލާފައި ސްޓީވް ޖޮބްސް އޭގެ ތައާރަފެއް ދެއްވަނީ
ރޮއިޓާސް
އައިޕޮޑް ނެރުން ހުއްޓާލުން
20 އަހަރު ފަހުން އެޕަލްއިން އައިޕޮޑް އުފެއްދުން ހުއްޓާލަނީ
ސްޓޮކް ހުސްވަންދެން އައިޕޮޑް ލިބެން ހުންނާނެ

އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ލަވަތައް ހިފައިގެން ދެވޭގޮތަށް އެޕަލްކުންފުނިން މީގެ 20 އަހަރު ކުރިން އުފެއްދި އީޖާދި އުފެއްދުން ކަމުގައިވާ އައިޕޮޑް އުފެއްފުން ހުއްޓާލަން އެ ކުންފުނިން ނިންމައިފިއެވެ.

ލަވައާއި މުއިޒިކް އަޑުއެހުމަށް އިންގިލާބީ ބަދަލެއް ގެނެސްދިން، އަތުގައި ގެންގުޅެވޭ ލަވާޖަހާލެވޭ ޑިވައިސްގެ ގޮތުގައި އެޕަލްއިން އުފެއްދި ހަމައެކަނި އާލާތެވެ. އައިޕޮޑް ޓަޗް އަދިވެސް ވިއްކަމުން އަންނަ އިރު، އެ ލިބެން ހުންނާނީ މިހާރު ހުރި ސްޓޮކް ހުސްވަންދެންކަމަށް އެޕަލްއިން ބުނެއެވެ.

2001 ވަނަ އަހަރު އުފެއްދި މި އުފެއްދުމާއެކު (ލަވަޖަހާ ޕްލެޓްފޯމްތައް ސްމާޓްފޯންތަކަށް އައުމުގެ ކުރިން) އައިޕޮޑް ވެގެން ގޮސްފައިވަނި އާންމުންގެ މެދުގައި ވަރަށް ގަދައަށް ވައިގައިހިފި އެއްޗަކަށެވެ.

އައިޕޮޑް ވުޖޫދަށް އައިފަހުން ތަފާތު މޮޑެލްތައް ފެނިފައިވާ އިރު، އެއަށް 1000 ލަވަ އަޅާފައި ބެހެއްޓެއެވެ. އަދި 10 ގަޑިއިރުގެ ބެޓެރި ޗާޖު ހުރެއެވެ. 2007 ވަނަ އަހަރު އައިޕޮޑް ޓަޗް ލޯންޗް ކުރެވުނެވެ. އެއީ އައިފޯންވެސް ވުޖޫދަށް ގެނައި އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް