ކ. މާލެ
|
11 މެއި 2022 | ބުދަ 19:37
މަޒާރީ ކަނޑި ހެދުމުގެ މަސައްކަތުގައި
މަޒާރީ ކަނޑި ހެދުމުގެ މަސައްކަތުގައި
ރޮއިޓާސް
ކަނޑި ހެދުމުގެ މަސައްކަތް ކުރާ ޒުވާނެއް
އާއިލާއިން ކުރަމުން އައި ކަނޑި ހެދުމުގެ މަސައްކަތް ދެމެހެއްޓުމަށް މަސައްކަތްކުރާ ޒުވާނެއް
ތިމާވެށްޓަށްވެސް ގެއްލުން ނުވެ އާއިލާއިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތް ދެމިގެން ދޭ
ޑިމާންޑާ އެއްވަރަށް މަސައްކަތް ކުރެވޭ
ކަނޑިއަކީ ޖޯޑަންގެ ސަގާފަތާ ގުޅުން ހުރިއެއްޗެއް

ކަނޑި ހެދުމުގެ މަސައްކަތަކީ ޖޯޑްންގެ މޮތާޒް އަލް މަޒާރީގެ އާއިލާއިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތެކެވެ. އެ އާއިލާއިން މި މަސައްކަތް ކުރަމުން އަންނަތާ 200ވަރަކަށް އަހަރު ވެފައިވާއިރު، މަޒާރީ މިހާރު މި މަސައްކަތް ކުރަމުން އަންނަނީ ތަފާތު ގޮތަކަށެވެ. ތިމާވެށްޓާ ރަށްޓެހި ގޮތަކަށެވެ. އޭނާ ކަނޑި ހެދުމަށް ބޭނުން ކުރަނީ ބައުވެގެން ބޭނުން ނުކޮށް ދޫކޮށްލާފައި ހުންނަ ކާރުތަކުގެ ބައި ތަކެވެ.

މަޒާރީ ގަބޫލުކުރާ ގޮތުގައި މިގޮތަށް މި މަސައްކަތް ކުރުމުން ތިމާވެށްޓަށްވެސް ގެއްލުން ނުވެ އާއިލާއިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތް ދެމިގެން ދެއެއެވެ. އޭނާ ބުނި ގޮތުގައި މަސައްކަތް ދަސްކުރީ ކުޑައިރު ކާފަ ކައިރިންނެވެ. މަޒާރީގެ ކާފައަކީ މި މަސައްކަތުގައި މަޝްހޫރު މީހެއް ކަމަށް އޭނާ ބުންޏެވެ.

"ކަނޑިއަކީ ޖޯޑަންގެ ސަގާފަތާ ގުޅުން ހުރިއެއްޗެއް. މިކަމަށް ޑިމާންޑްވެސް އޮވޭ. އެކަމަކު މިއީ ބުރަ މަސައްކަތެއް. އެހެންކަމުން ޒުވާނުން މިކަމަށް ޝައުގުވެރި ނުވޭ. އަދި ޕްރޮފެޝަނެއްގެ ގޮތުގައި މި މަސައްކަތް ދެމެހެއްޓުން މިވަނީ އުނދަގޫ ކަމަކަށް ވެފައި" މަޒާރީ ބުންޏެވެެ.

މަޒާރީ ބުނީ މި މަސައްކަތް ކުރާ މީހުން މަދުވަނީ މިކަމުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ކަމަށެވެ. އެންމެ ކަނޑިއެއް އެއްކޮށް ނިންމާލުމަށް މަދުވެގެން ދެ ހަފްތާ ނަގާކަމަށާއި، އެކުރާ މަސައްކަތާ ހޭދަކުރާ ވަގުތާ އަޅާކިޔޭ ވަރުގެ އާމްދަނީއެއް ނުލިބޭ ކަަން މަޒާރީ ފާހަގަކުރިއެވެ. އޭނާ ބުނީ ކަނޑި ހެދުމުގެ މަސައްކަތަކީ ވަރަށް ކުރާ ހިތުން ހުސްވަގުތުގައި ކުރާ މަސައްކަތެއް ކަމަށެވެ. މިއީ އޭނާ އާއި އާއިލާއިންވެސް ފަހުރުވެރިވާ މަަސައްކަތެއް ކަމަށް މަޒާރީ ބުންޏެވެ.

"އަހަރެން މި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން ހޮބީއެއްގެ ގޮތުގައި. މީހުންގެ ޑިމާންޑާއެއްވަރަށް މަސައްކަތް ކުރެވޭ." އުމުރުން 21 އަހަރުގެ މަޒާރީ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް