ކ. މާލެ
|
7 މެއި 2022 | ހޮނިހިރު 15:02
ދަނޑުވެރިން އުފައްދާ ބާވަތްތައް ހިއްކުން
ދަނޑުވެރިން އުފައްދާ ބާވަތްތައް ހިއްކުން
ދަނޑުވެރިކަމުގެ ބާވަތްތައް ހަލާކުވިޔަނުދިނުން
އިންޑިއާގައި ދަނޑުވެރިން އުފައްދާ ތަކެތި 12 މަސްދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް
އެސް4އެސް ކުންފުނިން ދަނީ ދަނޑުވެރިން އުފައްދާ ތަކެތި ހިއްކަމުން
މިއީ ދަނޑުވެރިންނަށް އިތުރު އާމްދަނީއެއް ލިބިގެންދާ ކަމެއް
މި ބާވަތްތައް ހިއްކުމަށް ބޭނުންކުރަނީ އަވީގެ ހަކަތަ

އިންޑިއާގެ ދަނޑުވެރިން ހައްދާ ބާވަތްތައް ހަލާކުވިޔަނުދީ, ދަނޑުވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކުން ފަށައިފިއެވެ.

އިންޑިއާގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ނުލިބި ގިނަ ދުވަސްވާވަރަކަށް, އެތަކެތި ރަނގަޅުގޮތުގައި ރައްކާނުކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ އުފެއްދުންތައް އުކާލަންޖެހި ދަނޑުވެރިންނަށް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގައި ވަނީ ސައިންސް ފޮރ ސޮސައިޓީ (އެސް4އެސް)ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ.

އެކުންފުނިން ގެންދަނީ އަވީގެ ހަކަތަ ބޭނުންކޮށްގެން ދަނޑުވެރިން އުފައްދާ ބާވަތްތައް ހިއްކަމުންނެވެ. އެކުންފުނިން މި މަސައްކަތަށް ބޭނުންކުރާ އާލާތަކީ ކަރަންޓު ބޭނުންވާ އާލާތެއް ނޫނެވެ. މި އާލާތް ބޭނުންކޮށްގެން އެ ބާވަތްތައް ހިއްކޭ މިންވަރު 10 ގުނަ އަވަހެވެ.

އެކުންފުނީގެ ކޯ ފައުންޑަރެއް ކަމަށްވާ ނިދީ ޕާންޓް ބުނީ މި އާލާތް ބޭނުންކޮށްގެން ހިއްކާ ބާވަތްތައް 12 މަސް ދުވަސް ވަންދެން ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ. އޭނަ ބުނީ އެސް4އެސް އިން ކުރަނީ މައިގަނޑު 3 މަސައްކަތެއް ކަމަށެވެ.

އެންމެ ފުރަތަމަ ދަނޑުވެރިން އުފައްދާ ބާވަތްތައް ހަލާކުވިޔަނުދީ ރައްކާކުރަނީ. ދެވަނައަށް އަހަރުމެން މި މަސައްކަތް ކުރަނީ ސާފު ހަކަތަ ބޭނުންކޮށްގެން. ތިންވަނައަށް އަހަރުމެން އެބަ ދަނޑުވެރިން ބާރުވެރިކުރުވަން. އެމީހުންނަށް އިތުރު އާމްދަނީއެއް ދެން.
ނިދީ ޕާންޓް

ދަނޑުވެރިން އުފައްދާ ބާވަތްތައް ރަނގަޅަށް ރައްކާކުރެވޭނެ ނިޒާމެއް ނެތުމުން އެމީހުން އުފައްދާ ބާވަތްތައް ވީހާވެސް ކުޑަ އަގެއްގައި އަވަހަށް ވިއްކާލުމަށް އެމީހުންނަށް މަޖުބޫރުވެއެވެ. އިންޑިއާގައި އެތައް ބަޔަކު ބަނޑަށްޖެހިފައިވާއިރު، މިފަދަ ތަކެތި ބޭކާރުވެގެންދާކަމީ މިކަމަށް ގިނަ ބައެއްގެ ކަންބޮޑުވުން ކުރިމަތިވެފައިވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް