ކ. މާލެ
|
6 މެއި 2022 | ހުކުރު 19:24
ވީކެންޑް، ކޯޗެލާ ވެލީ މިއުޒިކް އެންޑް އާރޓް ފެސްޓިވަލްގައި ލަވަ ކިޔަނީ
ވީކެންޑް، ކޯޗެލާ ވެލީ މިއުޒިކް އެންޑް އާރޓް ފެސްޓިވަލްގައި ލަވަ ކިޔަނީ
ރޮއިޓާސް
ވީކެންޑްގެ ލަވަތައް
ވީކެންޑްގެ އެއްބަސްވުން ޔުނިވަރސަލް މިއުޒިކް ގްރޫޕުން އައުކޮށްފި
އެއްބަސްވުން އައު ކުރީ 2012 ގައި ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވާތީ

ޔުނިވަރސަލް މިއުޒިކް ގްރޫޕުން، ގްލޯބަލް މިއުޒިކް އައިކަން ދަ ވީކެންޑާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ހާމަކޮށްފައިވަނީ ނިމިގެންދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

ޔުނިވަރސަލް މިއުޒިކް ގްރޫޕުގެ ރިޕަބްލިކް ރެކޯޑް ވަނީ ވީކެންޑްގެ އެންމެ ގިނަ ލަވަ އުފައްދާ އަދި 2012 ވަނަ އަހަރުން ފެށިގެން ޕާޓްނަރެއްގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތައް ވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނެރޭ އަލްބަމްތަކުގެ ޕާޓްނަރަކަށް ވުމަށް އެ ކުންފުނިން ބޭނުންވެއެވެ.

އައު އެއްބަސްވުމާއެކު ވީކެންޑް ކުރިއަށް އޮތްތަނުގައި ކުރާ މަސައްކަތްތަކާއި، ލަވަ ލިޔުމުގެ ކަންކަން ކުރިއަށް ގެންދާއިރު، މިފަދަ އެއްބަސްވުމަކަށް އައިސްފައިވަނީ މިހާރު އޮތް އެއްބަސްވުން ނިމުމަކާ ގާތަށް އައުމާއެކުގައެވެ.

ވީކެންޑާއި ޒޯއާއެކު މަސައްކަތް އިތުރަށް ފުޅާކޮށް، ކުރިއަށް އޮތްތަނުގައި މާޗެންޓުން ހޮވުމާއި، ބްރޭންޑް އިސްތިހާރުކުރުމާއި، އީ ކޮމާސް އަދި ވިއްކުމުގެ ލައިސަންސްގެ އިތުރުން ލަވަތައް ރިލީސް ކުރުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.

އެބެލް މައްކޮނެން އެސްފަޔަރ ނުވަތަ ދަ ވީކެންޑަށް އެކި ގޮތްގޮތުން ފާޑުކިޔުން އަމާޒުވި ނަމަވެސް، މިހާތަނަށް ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހާސިލްކޮށްފައެވެ. ސްޓްރީމިން އަދި ބިލްބޯޑް ޗާޓްތަކުން އޭނާ ރިކޯޑް ހޯދާފައިވާއިރު، މީގެ ތެރޭގައި ޗާޓުގައި އެންމެ ގިނަ ދުވަސްވީ ލަވަ ބްލައިންޑިން ލައިޓްސް ހިމެނެއެވެ. އެލަވަ ޗާޓްގެ 100ގެ ތެރޭގައި 90 ހަފްތާ ވަންދެން ހިމެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް