ކ. މާލެ
|
5 އޭޕްރިލް 2022 | އަންގާރަ 16:11
ފްރެންކްލިން އިރިއާޓޭ އޭނާގެ ވޭންގެ ތެރޭގައި
ފްރެންކްލިން އިރިއާޓޭ އޭނާގެ ވޭންގެ ތެރޭގައި
ރޮއިޓާސް
ބޯކޮށައިދިނުމުގެ ޚިދުމަތް
ކޮވިޑާއި ގުޅިގެން ބޯކޮށައިދޭން ފެށީ ވޭނެއްގެ ތެރޭގައި
ވޭން ގަތުމަށްފަހު އިތުރު ހުނަރުތައް ދަސްވެގެން ދިޔަ

ވެނެޒުއެލާގައި އިޤްތިސާދު އިނދަ ޖެހުނީ ކޮވިޑާއި ގުޅިގެންނެވެ. އަދި އެ ޤައުމުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވުމުން ސަރުކާރުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

މި ފިޔަވަޅުތަކާއެކު ފްރެންކްލިން އިރިއާޓޭއަށް މަޖުބޫރުވީ އޭނާގެ ވިޔަފާރި ދަމަހައްޓަން ކޮންމެވެސް އެހެން ގޮތެއް ހޯދުމަށެވެ. ސަރުކާރުން އަޅާފައިވާ ކަރަންޓީނުގެ ފިޔަވަޅުތަކާއެކު ވެސް އޭނާގެ ވިޔަފާރި ދެމެހެއްޓުމަށް ޔޫޓިއުބް އިން އޭނާ އަށް ފެނުނު ވީޑިއޯތަކެއްގެ ސަބަބުން އޭނާއަށް އިތުރު ވިސްނުންތަކެއް އަޔެވެ.

އެގޮތުން ދެ ދަރިންގެ ބައްޕަ ފްރެންކްލިން ވަނީ އޭނާ ގެންގުޅު ކާރު ވިއްކާލުމަށްފަހު، ވޭނެއް ގަނެ، އޭގައި ބޯކޮށައި ދިނުމުގެ ޚިދުމަތް ފަށާފައެވެ. މީގެ ހަތް މަސް ކުރި މި ޚިދުމަތްދޭން ފެށި ފްރެންކްލިން ބުނީ އޭނާ ބޭނުންވީ ތަނެއް ހުޅުވުމަށްފަހު ބޯކޮށައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް އޭނާ އަތުގައި ތަނަށް ކުލި ދައްކާނެ ފައިސާއެއް ނެތް ކަމަށް ބުންޏެވެ.

އަހަރެން ބޭނުންވި ބޯކޮށާ ތަނެއް ހުޅުވައިގެން ޚިދުމަތްދޭން އެކަމަކު އެތަނުގެ ކުއްޔަކީ އަހަރެން ސޭވް ކުރި ފައިސާ، އެހެންވެ ގޭގައި ހުރެގެން މަސައްކަތް ކުރަން ނިންމީ، އެގޮތުން އަހަރެންގެ ކްލައިންޓުންގެ ގެތަކަށް ގޮސް ޚިދުމަތް ފޯރުކޮށްދިނީ. އޭގެ ފަހުން އެނގުނު މިގޮތަށް ވެސް ގިނައިން ފައިސާ ލިބޭކަން
ފްރެންކްލިން އިރިއާޓޭ

ބޯކޮށައިދޭ އެކި ތަންތަނުގައި ފްލެންކްލިން މަސައްކަތްކޮށްފައިވާއިރު އޭނާއަށް އިތުރު ހުނަރުތައް ދަސްވެގެން ދިޔައީ މި ވޭން ގަތުމަށް ފަހުގައެވެ. މި ވޭން ގަތުމަށްފަހު އޭނާ ވަނީ އޭތި މަރާމާތުކޮށް، ކުލަ ލާ، ގަނޑި އާއި ލޯގަނޑު ބަހައްޓާ، އޭސީ ވެސް ހަރުކޮށްފައެވެ.

ކިޔެވުމާއި މަސައްކަތް ކުރުމާމެދު އަހަންނަށް ގޮތެއް ނިންމަން ޖެހުނު. އެހެންކަމުން އަހަރެން ނިންމީ ކިޔެވުން ދޫކޮށްލާ މަސައްކަތް ކުރަން. އެއީ އަހަރެން ބަލަން ޖެހޭ އަންހެން ދަރިޔަކު ހުރުމުން، އެ ކުއްޖާއަށް އެހީވުމަށް މިގޮތަށް ނިންމީ. މިއަދު އަހަންނަށް އަމިއްލަ ވިޔަފާރީއެއް މިވަނީ ފަށައިގަނެވިފައި
ފްރެންކްލިން އިރިއާޓޭ

މި ވޭން އޭނާ އެކި ސަރަހައްދުތަކުގައި ދުއްވާއިރު ޚިދުމަތް ފޯރުކޮށްދެނީ ކޮންމެ ހޯމަ ދުވަހަކުން ހޮނިހިރު ދުވަހަކަށް ހެނދުނު 08:00ން ރޭގަނޑު 09:00ށެވެ.

އަހަރެން އަދި ވިޔަފާރީ މި ފަށައިގަތީ، ރައްޓެއްސަކު ބުނި ޓެކްސަށް 60 ނޫނީ 70 ޑޮލަރު ދައްކަން ޖެހެޔޭ، އެވަރުގެ އަދަދެއް އަހަންނަށް ދެއްކުމަކީ ވަރަށް އުނދަގޫކަމެއް، ބައެއް ސަރުކާރު މުވައްޒަފުން އަހަރެން މަސައްކަތް ކުރިޔަކަ ނުދޭ ވޭން މަގުމަތީގައި ދުއްވައިގެން، އެހެންކަމުން ޓެކްސް ދައްކަން އެވަރަށް ފައިސާއެއް ނުލިބޭ އަހަންނަކަށް
ފްރެންކްލިން އިރިއާޓޭ

ވެނެޒުއެލާގެ އިޤްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު އެ ޤައުމުގެ ސަރުކާރު މުވައްޒަފުންގެ މިނިމަމްވޭޖަކީ މަހަކަށް ތިން ޑޮލަރެވެ. އެހެންނަމަވެސް ފްރެންކްލިން ބޯކޮށައިދޭ އަގަށް ބަލާއިރު 5 ޑޮލަރު މީހެއްގެ އަތުން ނަގައެވެ. އެ ޤައުމުގައި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު މުސާރައެއް ލިބެއެވެ.

ފްލެންކްލިން ބުނީ ބައެއް ފަހަރު ފައިސާ ނުދެއްކޭ މީހުންނަށް އޭނާ ހިލޭ ވެސް ބޯކޮށައިދޭ ކަމަށެވެ. އަދި މިހާތަނަށް ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް