ކ. މާލެ
|
23 މާރޗް 2022 | ބުދަ 13:52
ކާބޯތަކެތި ޑީހައިޑްޓްރޭޓް ކުރާ މެޝިނަށް މޭވާ އާއި ތަރުކާރީ ލަނީ
ކާބޯތަކެތި ޑީހައިޑްޓްރޭޓް ކުރާ މެޝިނަށް މޭވާ އާއި ތަރުކާރީ ލަނީ
ރޮއިޓާސް
ކާބޯތަކެތި ޑީހައިޑްރޭޓް ކުރުން
ކާބޯތަކެތި ޑީހައިޑްރޭޓް ކުރާ މެޝިނެއް ގައްޒާގެ އަންހެނަކު އުފައްދައިފި
މެޝިންގައި މިތަކެތި 16 ނުވަތަ 20 ގަޑިއިރު ބަހައްޓާ

ކާބޯތަކެތި ޑީހައިޑްރޭޓް ކުރާ މެޝިނެއް އުމުރުން 23 އަހަރުގެ އަންހެނަކު އުފައްދައިފިއެވެ.

ގައްޒާއަށް އުފަން ގަޒާން އަނަޑީ އަބޫ ހަރްބެއިދް ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ރިނިއުބަލް އެނާޖީ އިންޖީނިއަރެކެވެ. އާފަލާއި އޮރެންޖު ފަދަ ތަކެއްޗާއި ތަރުކާރީގެ ބާވަތްތައް ކޮށުމަށްފަހު ފުޑް ޑީހައިޑްރޭޓް ކުރާ މެޝިނިއަށް ލައެވެ.

އަދި މިތަކެއްޗަށް އެއްވެސް ކަހަލަ ހަކުރުގެ ބާވާތެއް ނުވަތަ ކެމިކަލެއް އޭނާ އެއް ނުކުރެއެވެ.

އަހަރެން ވިއްކާ ޕްރޮޑަކްޓްތަކަކީ ނެޗުރަލް އަދި ހެޔޮ އަގެއްގައި ލިބެން ހުންނަ ޕްރޮޑަކްޓްތައް، އެއްވެސް ކަހަލަ ބާވަތެއް އެޔަކަށް އެކެއް ނުކުރަން، އެއީ ކެމިކަލް އަދި ހަކުރު ފަދަ ބާވަތްތަކަށް ވިޔަސް
ގަޒާން

އެ މެޝިންގައި މިތަކެތި 16 ނުވަތަ 20 ގަޑީއިރު ބަހައްޓާކަމަށް ގަޒާން ވަނީ ބުނެފައެވެ.

މި ޑިވައިސް އިން މޭވާއާ ތަރުކާރީ އަދި އެކި ހާބްތައް ވެސް ޑީހައިޑްރޭޓް ކޮށްލެވޭ، އަހަންނަށް މީގެ ޓެމްޕަރޭޗަރ ބޭނުންވަރެއްގައި ބެހެއްޓޭ، އަދި އެ ބަހައްޓަން ބޭނުންވާ ގަޑިވެސް، 16 ނޫނީ 20 ގަޑީއިރު ފަހުން ފުރުޓްސް ޑީހައިޑްރޭޓް ކުރުމަށްފަހު އެ އެއްޗެހި ޕެކް ކުރުމަށްފަހު ވިއްކަނީ
ގަޒާން

ގަޒާން ބުނީ މާކެޓުގައި ސިއްހަތަށް ފައިދާ ހުރި މިފަދަ ތަކެތި ނެތްކަން އެނގުނީ ކުރި ދިރާސާއަކުން ކަމަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި މި ފުޑް ޑީހައިޑްރޭޓަރުގެ ސަބަބުން އަގު ބޮޑުކޮށް ހިއްކާފައި ހުންނަ މޭވާ އާއި ތަރުކާރީ އިމްޕޯޓް ކުރާ ކުރުމަށް ލުއިޔެއް ލިބިގެންދާނެ ކަމަށެވެ.

މި ވިސްނުން އައީ ޑީހައިޑްރޭޓްކޮށްފައި ހުންނަ ސިއްހަތަށް ފައިދާ ހުރި ކޯބާތަކެތި މާކެޓްގައި ލިބެން ނެތުމުން، މާކެޓަށް ބަލާއިރު ވަރަށް ގިނައިން އިމްޕޯޓްކޮށްފައި ހުރި ސާމާނު ފެނިގެންދިޔަ، އަދި ޑީހައިޑްރޭޓް ކުރުމަށް ބޭނުންކޮށްފައި ހުރި ގޮތަށް ބަލާލުމުން ގައްޒާގައި އެކަން އެގޮތަށް ކުރަންޏާ ވަރަށް ގިނަ އެނާޖީ ބޭނުންވާނެކަން އެނގުނު
ގަޒާން

ގަޒާން ބުނީ އޭނާ ވިއްކާ ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާ ހުރި، ހެޔޮ އަގެއްގައި ލިބިގެންދާނެ ތަކެތި ކަމަށެވެ. އަދި އޭނާ ވިއްކާ ޕްރޮޑަކްޓުތައް އޮންލައިންކޮށް ވެސް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

އަހަރެން މި ޑިވައިސް އުފެއްދީ ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ހެޔޮ އަގެއްގައި، ބޭރުން އިމްޕޯޓްކޮށްފައި ހުންނަ އެހެން ޑިވައިސްތަކާއި އަޅާބަލާއިރު މިއަށް ދިޔަ ޚަރަދު ވަރަށް ކުޑަ، ބޭރުން މިފަދަ ޑިވައިސްއެއް ގެންނަންޏާ ތިން ގުނަ ޚަރަދު ބޮޑުވެގެންދޭ އެއީ ގައްޒާއަށް އެތެރެ ކުރުމަށް ހުރި ދަތިތަކާއި ގުޅިގެން، އަދި މިފަދަ ޑިވައިސްއެއް އުފެއްދުމަކީ އަހަރެންގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަޅު ކަމަށް ދެކެން
ގަޒާން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް