ކ. މާލެ
|
21 މާރޗް 2022 | ހޯމަ 14:36
އީސްޓާރން އެއަރލައިންގެ ފްލައިޓެއް
އީސްޓާރން އެއަރލައިންގެ ފްލައިޓެއް
އަލްޖަޒީރާ
ޗައިނާގެ ފްލައިޓެއް ވެއްޓުން
132 މީހުންނާއެކު ދަތުރުކުރި ޗައިނާގެ އީސްޓާރން އެއަރލައިންގެ ފްލައިޓެއް ވެއްޓިއްޖެ
އެއަރލައިނުން އެއްވެސް މައުލޫމާތެއް ހަމަކޮށްފައެއް ނުވޭ
ފްލައިޓް ވެއްޓުނު އިރު އޭގައި ތިބީ 123 ޕަސިންޖަރުންނާއި، 9 ކްރޫއިން ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަނުން ބުނެ
ފްލައިޓް ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކުންމިން ސިޓީން ގުއަންޒޯ ސިޓީއަށް

132 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ޗައިނާ އީސްޓާރން އެއަރލައިންގެ ފްލައިޓެއް ވެއްޓިއްޖެއެވެ.

މި ހާދިސަގައި މީހުންނަށް ލިބުނު ގެއްލުން އަދި ހާމައެއް ނުކުރެއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަނާއި ހަވާލާދީ ރޮއިޓާރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެފްލައިޓް ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކުންމިން ސިޓީން ގުއަންޒޯ ސިޓީއަށެވެ. ފްލައިޓް ވެއްޓުނީ، ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއަށެވެ. ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، ފްލައިޓާއި ގުޅުން ކެނޑުނީ ވޫޒޯ ސިޓީއާއި ހިސާބުން ކަމަށެވެ. ފްލައިޓް ވެއްޓުނު އިރު އޭގައި ތިބީ 123 ޕަސިންޖަރުންނާއި، 9 ކްރޫއިން ކަމުގައި ޗައިނާގެ ސިވިލް އޭވިއޭޝަނުން ބުނެއެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރ، ސީސީޓީވީ އިން ކުރިން ރިޕޯޓު ކޮށްފައިވަނީ އެ ފްލައިޓުން 133 ޕަސިންޖަރުން ދަތުރުކުރި ކަމަށެވެ. ވެއްޓިފައިވަނީ ބޮއިން 737 މަރުކާގެ ފްލައިޓެކެވެ. ފްލައިޓް ވެއްޓުމާއެކު އިމަރޖެންސީ ޓީމުވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލައިޓް ފުރާފައިވަނީ ހޯމަ ދުވަހުގެ މެންދުރު، ގަޑިން 1:11 ހާއިރުއެވެ.

މި ފްލައިޓް ވެއްޓުމުގެ ހާދިސާ އާއި ގުޅިގެން، އެއަރލައިނުންވެސް އެއްވެސް މައުލޫމާތެއް ހަމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް