ކ. މާލެ
|
16 މާރޗް 2022 | ބުދަ 14:36
ޖަޕާނުން އުފައްދާފައިވާ ރޮބޮޓުތައް
ޖަޕާނުން އުފައްދާފައިވާ ރޮބޮޓުތައް
ރޮއިޓާސް
ރޮބޮޓް
ނޫޑްލްސް ބަންދުކުރުމަށް އެހީވެދޭ ރޮބޮޓްތަކެއް
މި ރޮބޮޓްތަކަކީ 1.5 މީޓަރުގެ ދިގު ރޮބޮޓްތަކެއް

ޓޯކިޔޯ ޓެކްނޮލޮޖީ އެގްޒިބިޝަންގައި ނޫޑްލްސް ޕެކު ކުރުމުގައި އެހީތެރިވެދޭ ރޮބޮޓްއެއް ދައްކާލައިފިއެވެ.

ކާބޯތަކެތި އުފައްދާ ފެކްޓަރީތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން މި ރޮބޮޓްތަކާއެކު ހައްލުވެގެންދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. 1.5 މީޓަރުގެ ދިގު "ފޫޑްލީ" ރޮބޮޓްތައް ޑިވެލޮޕުކޮށްފައިވަނީ ޖަޕާނުގެ ޑިވަލޮޕަރެކެވެ. މި ރޮބޮޓްތަކުގެ ކުރިމަތީގައި ހުންނަ ކާނާ ކެޕްޗަރ ކުރުމަށްޓަކައި "އިމޭޖް ރިކޮގްނިޝަން ސިސްޓަމެއް" ހަރުކުރެވިފައިވެއެވެ.

މި ރޮބޮޓްތަކުގައި އޫ ފަދަ އަތްތަކެއް ހަރުކުރެވިފައިވާއިރު އެ އަތްތަކުން ނޫޑްލްސް ނަގާ ވަކި ކުރަމުން ދެއެވެ. އެއަށްފަހު މެޝިނުން ކަޅު ކޮންޓެއިނަރުތަކަށް މި ނޫޑްލްސް އަޅައެވެ. މި ރޮބޮޓްތަކުން 500 ގްރާމާއި ހަމައަށް ނޫޑްލްސް ނެގޭއިރު ކޮށާފައި ހުންނަ ތަރުކާރީ އާއި ކުކުޅު ވެސް ނެގެއެވެ.

މި ރޮބޮޓް އުފެއްދި އޮޓޮމޭޓަޑް ސިސްޓަމް ބައި އާރްޓީ އަދި ޔަމަޓޯ ސްކޭލް މި ރޮބޮޓްތައް އުފައްދާފައި މިވަނީ މިދާއިރާގައި މަސައްކަތް ކުރާ މީހުން ނިސްބަތުން މަދުވަމުން އަންނަ ދުވަސްވަރެއްގައެވެ. އަދި ފެކްޓްރީގައި މަސައްކަތް ކުރާ މީހުން ކޮވިޑާއި ގުޅިގެން މަސައްކަތް ކުރާ މާހަލުގެ ހުރި އުނދަގޫތައް ވެސް ހިއްސާކޮށްފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން އެ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހިފައިވަނީ ބަންދު ތަންތާނގައެވެ.  

ފެކްޓްރީތަކުގައި މަސައްކަތްތެރިންގެ ބަދަލުގައި މި ރޮބޮޓްތައް ބޭއްތިބުމުން މުވައްޒަފުންގެ ޚަރަދާއި ގައިދުރުކަން ބަހައްޓަން ފަސޭހަވެގެންދާނެ ކަމަށް ޔަމަޓޯ ސްކޭލްގެ ރެޕްރެޒެންޓޭޓިވް ބުނެއެވެ.

މި ކުންފުނިން 250،000 ޑޮލަރު ނުވަތަ ގާތްގަޑަކަށް 30 މިލިއަން ޔެންގެ އަގެއް ވަނީ ރޮބޮޓް ސިސްޓަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް މާކެޓްގައި މި ރޮބޮޓްތައް ވިއްކުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް