ކ. މާލެ
|
6 މާރޗް 2022 | އާދީއްތަ 16:50
ޑޭވިޑް މާޓެލޯ ޕޯލަންޑް ބޯޑަރު ސަރަހައްދުގައި ޕިއާނޯ ކުޅެނީ
ޑޭވިޑް މާޓެލޯ ޕޯލަންޑް ބޯޑަރު ސަރަހައްދުގައި ޕިއާނޯ ކުޅެނީ
ރޮއިޓާސް
ޕިއާނޯ މޭން ޔޫކްރެއިންގެ ރެފިއުޖީން ހިތްހަމަޖައްސަ
ޔޫކްރެއިންގެ ރެފިއުޖީން ހިތްހަމަ ޖައްސައިދިނުމަށް ޕިއާނޯ މޭން ޕޮލެންޑް ބޯޑަރު ސަރަހައްދަށް
ބޯޑަރު ކައިރިއަށް ދަތުރުކޮށްފައިވަނީ ޕިއާނޯ އާއި ދެ ބުޅާ ގޮވައިގެން
މާޓެލޯ ބޭނުން ވަނީ ރަޝިޔާއާ ދެކުނުގެ ގައުމުތަކަށް ސުލްހައިގެ ވާހަކަތައް ދެއްކުމަށް މަގުފަހި ކޮށްދޭން
ޑޭވިޑް މާޓެލޯ ބޯޑަރު ކައިރީގައި ރެފިއުޖީންނަށް ޖޯން ލެނަންގެ ސުލްހައިގެ ލަވަތަކުގެ ހަނދާން އާ ކޮށްދީފައިވޭ

ޕިއާނޯ މޭންގެ ނަމުން މަޝްހޫރުވެފައިވާ ޑޭވިޑް މާޓެލޯ ޕޮލެންޑް ބޯޑަރު ސަރަހައްދަށް ގޮސްފިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ގިނަ އަދަދެއް ޔޫކްރެއިން ރައްޔިތުން ދަނީ ޕޮލެންޑް ބޯޑަރު ސަރަހައްދަށް ޖަމާވަމުންނެވެ. އެ ސަރަހައްދަށްދާ ޔޫކްރެއިން ރެފިއުޖީންއަށް ހިތްވަރު ދިނުމުގެ ގޮތުން މާޓެލޯ ވަނީ ޖަރުމަނުން އެސަރަހައްދަށް ދަތުރުކޮށްފައެވެ. އޭނާގެ މެސެޖަކީ އޭނާ ބޭނުންވަނީ ސުލްހައިގެ ރާގު ކުޅެން ކަމަށެވެ. އަދި މިއުޒިކްގެ ތެރެއިން ސުލްހަޔަށް ހިއްވަރުދިނުން ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބޯޑަރު ކައިރިއަށް ދަތުރުކޮށްފައިވަނީ ޕިއާނޯ އާއި އޭނާ ގެންގުޅޭ ދެ ބުޅާ ގޮވައިގެންނެވެ. މިދިޔަ ހުކުރު ދުވަހު މާޓެލޯ ވަނީ މެޑީކާ ބޯޑަރު ކައިރީގައި ރެފިއުޖީންނަށް ޖޯން ލެނަންގެ ސުލްހައިގެ ލަވަތަކުގެ މިޔުޒިކް ކުޅެ އެލަވަތަކުގެ ހަދާން އާކޮށްދީފައެވެ.

މާޓެލޯ ބޭނުން ވަނީ ރަޝިޔާއާ ދެކުނުގެ ގައުމުތަކަށް ސުލްހައިގެ ވާހަކަތައް ދެއްކުމަށް މަގުފަހި ކޮށް، ސުލްހަ ގާއިމްކުރުމަށް އެހީތެރިވުމަށެވެ.

އަހަރުމެން ސަލާމަތްވާނީ ހަމައެކަނި މިއުޒިކުން
ޑޭވިޑް މާޓެލޯ

މާޓެލޯ މިހާރު ނިންމައިގެން ހުރީ ބޯޑަރު ކައިރީގައި މަޑުކުރުމަށެވެ. އޭނާ ދަނީ ޔޫކްރެއިންގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ޕިއާނޯ ކުޅެމުންނެވެ. އަދި ހަމަލާތައް ނިނުމަކަށް އައުމާއެކު ޔޫކްރެއިންއަށް ދިއުމަށް ވަނީ ނިންމާފައެވެ.

މާޓެލޯ ޕިއާނޯ މޭންގެ ނަމުން މަޝްހޫރުވެފައިވަނީ ތުރުކީގައި ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭގައި އޭނާ ޕިއާނޯ ކުޅެން ފެށި ހިސާބުންނެވެ. އޭނާ ވަނީ ޕިއާނޯ ހިފައިގެން 2014 ގައި ޔޫކްރެއިން ސިޓީއެއް ކަމަށްވާ ޑޮނެސްކް އަށް ގޮސްފައެވެ. އެއީ ރަޝިޔާ އިން ޔޫކްރެއިންގެ ސަރުކާރު އިމާރާތެއް އަދި މެއިޑްން ސްކޮއެއަރ ހިފި އަހަރެވެ.

އަހަރެން 2014 ގައި ޔޫކްރެއިންއަށް ދިޔައީ މައިދަންގައި ހަމަލާތައް ބަދަލުކުރަމުން ދިޔައިރު. އޭރު އަހަރެން ދިޔައީ ސުލްހަ ގެނައުމަށް މަސައްކަތް ކުރަން. ނަމަވެސް އެކަން ކާމިޔާބު ނުވީ. އެއީ ދޮންބަސްގެ މީހުން ބޭނުންވީ ހަނގުރާމަ ކުރަން. އަދިވެސް އުންމީދު ކުރަނީ ޔޫކްރެއިންއަށް ދެވޭނެ ކަމަށް.
ޑޭވިޑް މާޓެލޯ

އުމުރުން 40 އަހަރުގެ މާޓެލޯއަކީ ޖަރުމަނުގެ ދެކުނުގެ އަވަށަކަށް ނިސްބަތްވާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް