ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 08:26
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް އަންނަނީ ދެކެވެމުން
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް އަންނަނީ ދެކެވެމުން
ރޮއިޓަރސް
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުގެ މައްސަލަ
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުގެ މައްސަލަ ނިމުމަކާ ހަމަޔަށް
މިހާރު އޮތްގޮތުން އެއްބަސްވުމުގައި އޮންނާނެކަންކަން ގާތްގަނޑަކަށް ވަނީ ފައިނަލްކުރެވިފައި

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަނުދިނުމަށް، 2015 ވަނަ އަހަރު އެ ގައުމާ އެކު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެކުލަވާލާފައިވާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭގޮތުން، މިހާރު ކުރަމުން އަންނަ މަޝްވަރާތައް ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް ޔޫރަޕިއަން ޔޫނިއަންގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަމަވެސް މިވާހަކަތައް ކާމިޔާބުވާ މިންވަރު ބިނާވާނީ މަޝްވަރާތަކުގައި ބައިވެރިވާ ފަރާތަކުން މިމައްސަލަ ހައްލުކުރުމަށް ބޭނުންވާ މިންވަރެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިޔަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާތެރޭގައި މިކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިހާރު އޮތްގޮތުން އެއްބަސްވުމުގައި އޮންނާނެކަންކަން ގާތްގަނޑަކަށް ވަނީ ފައިނަލްކުރެވިފައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މަޝްވަރާތައް ކުރިޔަށްދަނީ އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައެވެ.

ބޮޑެތި މައްސަލަތަކަށް މިހާރު އެއްބަސްވެވިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރެވުމުން ނޫނީ މިފަދަ ކަންކަމުގައި ކަންތައްވާނެ ގޮތެއް ބުނެދޭން ނޭގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެއްބަސްވުން މުހިންމުކަމަށާއި މުހިންމުވަނީ އިރާނުން ނިޔުކުލިއަރ ހަކަތަ އުފެއްދުމަށް ބޭނުންވާ މާއްދާތައް ފައްކާކުރުމުގެ ޕްރޮގްރާމް މާ ބާރަށް ކުރިޔަށްގެންދާތީ ކަމަށެވެ.

އިރާނުން އަންނަނީ ނިޔުކުލިއަރ ހަތިޔާރު އުފައްދާކަމަށް ހުޅަނގާއި އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރަމުންނެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތަކުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު ދަށްކޮށްފަ އެވެ. އެއީ، އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ ވަނީ މި ނިއުކްލިއާ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެ ގައުމުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު އިތުރު ކޮށްފައެވެ.

- ކޮމެންޓް