ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 08:12
ޔޫކްރެއިން ގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ
ޔޫކްރެއިން ގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ
ރޮއިޓަރސް
ޔޫކްރެއިން ރަޝިޔާ މަސްރަހު
ޔޫކްރެއިންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން ވީއެންމެ އަވަހަކަށް އެގައުމު ދޫކޮށްދިޔުމަށް އެދެފި
އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން ދޫކޮށްދިޔުމަށް އެދިފައި
ހަމަލާދޭން ފަށައިފިނަމަ އިނގިރޭސި ސަރުކާރަށް ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާނެ

ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ ލިވިވް އަށް ވަގުތީގޮތުން ބަދަލުކުރުމަށް ނިންމާފައިވާކަމަށް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވަގުތީ ގޮތުން އެމްބަސީ ބަދަލުކުރުމަށްޓަކައި ސްޓާފުންނާއި އޮފީސް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މީގެއިތުރުން އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން ދޫކޮށްދިޔުމަށްވެސް އެދިފައެވެ. މިހާރު ކޮމާޝަލް ފްލައިޓްތައް ލިބެން ހުއްޓާ ވީއެންމެ އަވަހަކަށް އެކަން ކުރުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހިންގަފާނެ ކޮންމެ ފަދަ ހަރަކާތަކާއެކުވެސް އިނގިރޭސި ސަރުކާރަށް ޔޫކްރެއިންގައި ތިބި އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާނެކަމަށެވެ.

އެހެންކަމުން ސަރުކާރުން އެކަމަށް ވަކިން ޚާއްސަ އެހީތެރިކަމެއްދޭނެ ކަމަށް ނުބެލުމަށް ވަނީ އެދިފައެވެ.

އިނގިރޭސިވިލާތުގެ އެމްބަސީ ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވާއިރު އެމެރިކާއިންވެސް ވަނީ ޔޫކްރެއިންގެ ވެރިރަށުގައި ހުރި އެމްބަސީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނީ ރަޝިޔާއިން އަންނަނީ ޔޫކްރެއިން އަށް ހަމަލާދިނުމަށް ތައްޔާރު ވަމުންކަމަށެވެ. ނަމަވެސް ރަޝިޔާއިން އަންނަނީ އެވާހަކަތައް ދޮގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް