ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 10:10
އިންޑިއާގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު
އިންޑިއާގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު
ދަ އިކޮނަމިކް ޓައިމްސް
ލަތާ މަންގޭޝްކަރު ކޮވިޑް-19ށް ޕޮޒިޓިވްވުން
ކޮވިޑް-19ށް ޕޮޒިޓިވްވެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އެޑްމިޓްކޮށްފި
ލަތާއަށް ފަރުވާ ދެމުންދަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައި
އުމުރަކީ 92 އަހަރު
ހާލު ދެރަވެ އައިސީޔޫގައި ދަނީ ފަރުވާ ދެމުން

ކޮވިޑް-19ށް ޕޮޒިޓިވްވެ އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އެޑްމިޓްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19ށް ލަތާ ޕޮޒިޓިވްވެ، އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވިއެވެ. ހާލު ދެރަވެގެން ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ލަތާއަށް ފަރުވާ ދެމުންދަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލްގައެވެ.

92 އަހަރުގެ ލަތާގެ ހާލު އިތުރަށް ސީރިއަސްވިޔަ ނުދީ ވަރަށް ގާތުން ބަލަމުންދާ ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައިވެއެވެ. އުމުރުން އެހާ މަތިވެފައިވާާތީ ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑާއެކު ލަތާގެ ހާލު ގޯސްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އަވަސް ޝިފާއަށް އެދެމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމީ ތަރިން އަދި ޕާލިމެންޓް މެމްބަރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް