ހދ. ކުޅުދުއްފުށި ސިޓީ
|
8 ޖެނުއަރީ 2022 | ހޮނިހިރު 23:09
ނެއްލައިދޫ ހެލްތް ސެންޓަރ
ނެއްލައިދޫ ހެލްތް ސެންޓަރ
ސޯޝަލް މީޑިއާ
ނެއްލައިދޫ މޮނިޓަރިންއަށް
ހދ. ނެއްލައިދޫއިން ކޯވިޑް ކޭސްތަކެއް ފެނި، ރަށް މޮނިޓަރިންއަށް
ނެއްލައިދޫން 5 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެރަށުގައި ހުންނަ ޑޮކްޓަރު ވެސް އެމީހުންގެ ތެރޭގައި ހިމެނޭ
ޓެސްޓް ކުރުމަށް 42 ސާމްޕަލެއް ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފައި

ހދ. ނެއްލައިދޫއިން ކޯވިޑް ކޭސްތަކެއްފެނި، އެރަށަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަނާކޮށްފިއެވެ.

ނެއްލައިދޫ މޮނިޓަރިންއަށް ލާފައިވަނީ ހޮނިހިރު ދުވަހު ހަވީރު 17:14ގައެވެ. އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ވަނީ އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި ރަށަށް އެރުން މަނާކޮށްފައިވާފައިވާ ކަމަށެވެ.

Advertisement

ހެލްތު ސެންޓަރުން މައުލޫމާތުދިން ގޮތުގައި އެރަށުން 5 މީހަކު ޕޮޒިޓިވްވެފައިވާއިރު އެރަށުގައި ހުންނަ ޑޮކްޓަރު ވެސް އެމީހުންގެ ތެރޭގައި ހިމެނެއެވެ.

އެ ހުރިހާ އެންމެވެސް މިހާރު ކަރަންޓީނު ކޮށްފައިވާއިރު، ގުޅުން ހުރި ފަރާތްތަކުގެ ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރުމަށް ވަނީ ފޮނުވާފައެވެ. އެގޮތުން ޓެސްޓް ކުރުމަށް 42 ސާމްޕަލެއް ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފައިވާކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް