ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 09:44
ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޮ އެޑްމިޓްކުރެވިފައި
ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޮ އެޑްމިޓްކުރެވިފައި
ރޮއިޓަރސް
ބޮލްސޮނާރޯގެ ސިއްހީ ހާލަތު
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ ހާލުގޯސްވެ އެޑްމިޓްކޮށްފި
ޓެސްޓުތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު އޮޕަރޭޝަންތަކެއް ކުރަން ޖެހިދާނެ

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯގެ ސިއްހީ ހާލަތު ގޯސްވެ، އެގައުމުގެ ވިލާ ނޯވާ ސްޓާރ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ސައޯ ޕައުލޯގައި ހުންނަ މި ހޮސްޕިޓަލުގައި ބޮލްސޮނާރޯ އެޑްމިޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ބޮލްސޮނާރޯ އެޑްމިޓްކުރީ އިންޓެންސްޝިއަލް ބްލޮކޭޖެއްގެ ސަބަބުންނެވެ. އިންޓެސްޝިއަލް ބްލޮކޭޖަކީ ގޮހޮރު ބޮލޮކްވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.

މިކަމާ ގުޅިގެން ބޮލްސޮނާރޯ ވިދާޅުވީ ސިއްހީ ހާލަތު ގޯސްވެ އެކަން އިހްސާސްވާން ފެށީ އާދީއްތަ ދުވަހު މެންދުރު ކޭންބެއްލެވި ފަހުން ކަމަށެވެ. އަދި އެދުވަހު ޑޮކްޓަރުގެ ފަރުވާ ހޯއްދެވި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިތުރަށް ހާލު ގޯސްވުމުންނެވެ.

މި މައްސަލަ ދިމާވެގެން މީގެ ކުރިންވެސް ބޮލްސޮނާރޯ ވަނީ 2018 ވަނަ އަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮޕަރޭޝަން ތަކެއްވެސް ކުރައްވައިފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުވެސް މި ބައްޔަށް ބޮލްސޮނާރޯ ފަރުވާ ހޯއްދެވިއެވެ.

ވިލާ ނޯވާ ސްޓާރ ހޮސްޕިޓަލުން ބުނީ ބޮލްސޮނާރޯގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށާއި، އިތުރު ޓެސްޓުތަކެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. އަދި ޓެސްޓުތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު އޮޕަރޭޝަންތަކެއް ކުރަން ޖެހިދާނެކަމަށެވެ.

ބްރެޒިލްގެ ރައީސްކަމާ ބޮލްސޮނާރޯ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގައި އޮންނަ އިންތިޚާބުގައި ވާދަކުރުމަށްވެސް ބޮލްސޮނާރޯ އަންނަނީ ތައްޔާރު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް