ކ. މާލެ
|
24 ޑިސެންބަރ 2021 | ހުކުރު 08:09
އިޒްރޭލުން ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަނީ
އިޒްރޭލުން ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަނީ
ގެޓީ އިމޭޖަސް
ކޮވިޑް ވެކްސިން ދިނުން
އިޒްރޭލުން ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަނީ
ވެކްސިންގެ ހަތަރު ވަނަ ޑޯޒް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެސް ދިނުމަށް ނިންމާފައިވޭ

އިޒްރޭލުން ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަން ނިންމައިފިއެވެ.

ސަރުކާރުގެ މާހިރުންގެ ޕެނަލަކުން ލަފާ ދީފައިވަނީ ވެކްސިންގެ ހަތަރު ވަނަ ޑޯޒް އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ހެލްތް ކެއަރ ވޯކަރުންނަށް ދިނުމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މި ލަފާ ޤަބޫލުފުޅުކުރައްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން އަރައިގަތުމަށް މިއީ އިތުރު އެހީތެރިކަމަކަށްވެގެންދާނެ ކަމަށެވެ.

އިޒްރޭލު ސަރުކާރަށް ލަފާ ދޭ ޕެނަލްގެ މެމްބަރަކު ވިދާޅުވީ ހަތަރު ވަނަ ޑޯޒްގެ ވެކްސިން ދިނުމަށް ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. އެއީ ކޮވިޑުން ދިފާއުވާ ވެކްސިންގެ ހަތަރު ޑޯޒް ދިނުމުން ހަށިގަނޑުގައި ދިފާއު އުފައްދައިދޭ މިންވަރު ރަނގަޅަށް ދިރާސާކޮށް އޭގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައި ނެތުމުންނެވެ.

އިޒްރޭލުގެ ހެލްތު މިނިސްޓްރީން ވަނީ މިހާތަނަށް އޮމިިކްރޯން ވޭރިއަންޓްގެ 341 ކޭސް ފެނިފައިވާކަން ހާމަކޮށްފައެވެ.

ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖަހައިދޭނީ، ތިން ވަނަ ޑޯޒް ޖެހިތާ ހަތަރު މަސް ފުރިހަމަވެފައިވާ މީހުންނަށެވެ. ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ތިން ވަނަ ޑޯޒެއް އެންމެ ފުރަތަމަ ދޭން ފެށި ގައުމަކީ ވެސް އިޒްރޭލެވެ. އަދި ހަތަރު ވަނަ ޑޯޒެއް ދޭން ފަށާ ފުރަތަމަ ގައުމަކީ ވެސް އިޒްރޭލެވެ.

އޭގެ އިތުރުން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ތިން ވަނަ ޑޯޒް ޖެހުމާ ދެމެދު ހޭދަވާން ޖެހޭ މުއްދަތު، އިޒްރޭލުން މިހާރު ވަނީ ފަސް މަސް ދުވަހުން ތިން މަސް ދުވަހަށް މަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް