ކ. މާލެ
|
14 ޑިސެންބަރ 2021 | އަންގާރަ 06:38
ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ވެކްސިން ކިއޫގައި ތިބި ބައެއް
ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ވެކްސިން ކިއޫގައި ތިބި ބައެއް
ދި ގާޑިއަން
އޮމިކްރޯން ވޭރިއަންޓް
އޮމިކްރޯން ވޭރިއަންޓުގައި ބޮޑުވަރުވާ ކޭސްތައް މަދު: ޑަބްލިއުއެޗްއޯ
އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ ބޮޑު ކަމަށް ވަނީ ކަނޑައަޅާފައި
މި ވޭރިއަންޓުގައި އެންޓިބޮޑީ އުފައްދައިދޭ މިންވަރު ކުޑަ
ކަމުގެ މާހިރުން ގެންދަނީ ވެކްސިން ޖެހުމަށް ބާރުއަޅަމުން

އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ ބޮޑު ނަމަވެސް ބަލީގައި ބޮޑުވަރުގެން ރިޕޯޓުކޮށްފައިވާ ކޭސްތައް މަދު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއީން ބޭއްވި ބްރީފިންއެއްގައި މިކަން ހާމަކޮށްފައިވާއިރު، އެ ޖަމިއްޔާއިން ބުނިގޮތުގައި ވެކްސިން ޖަހާފައި ހުންނަ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭ ވަރަށް އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ ބޮޑެވެ. އެހެންނަމަވެސް މި ވޭރިއަންޓްގައި ބޮޑުވަރުވާ މީހުންގެ އަދަދު މަދު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި، މީގެ ކުރިން ބަލި ޖެހި ރަނގަޅުވެފައިވާ މީހުން، މި ވޭރިއަންޓް ޖެހުން ކުޑަކުރުމަށް އެންޓިބޮޑީސް އުފައްދާ މިންވަރު ކުޑަކަން ފާހަގަކުރެވިފައި ވާކަމަށެވެ. މިއާއެކު މީހުންގެ ތެރޭގައި މި ވޭރިއަންޓް ފެތުރޭ މިންވަރު އަވަސްވެފައި އެކި ގޮންޖެހުންތައް ކުރިމަތިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ހަދާފައިވާ ދިރާސަތަކުން ދައްކާފައިވާގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ އެންޓިބޮޑީސް އުފައްދާ މިންވަރު ކުޑައެވެ. އެހެންނަމަވެސް މިކަމުގެ މާހިރުން ގެންދަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅަމުންނެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ބޫސްޓަރ ޑޯޒް ޖެހުމަށްވެސް ބާރު އަޅަމުންނެވެ.

އެހެންނަމަވެސް އޮމިކްރޯން ވޭރިއަންޓް، ޑެލްޓާ ވޭރިއަންޓަށްވުރެ ނުރައްކާތެރިކަން ބޮޑުކަމެއް މިހާތަނަށް ދެނެގަނެވިފައިނުވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް