Advertisement
ކ. މާލެ
|
3 ޑިސެންބަރ 2021 | ހުކުރު 20:34
އާކްއިން ޣާޒީ ސްކޫލްގެ ދަރިވަރަކާ އެނދު ހަވާލުކުރުން
އާކްއިން ޣާޒީ ސްކޫލްގެ ދަރިވަރަކާ އެނދު ހަވާލުކުރުން
އާރކް
އާކްއިން އެނދު ހަދިޔާކުރުން
ދާންމަތި ވެފައިވާ ކުދިންނަށް އާކްގެ ފަރާތުން ހޮސްޕިޓަލް 20 އެނދު ހަދިޔާކޮށްފި
މި އެނދުތައް އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައި
ޣާޒީ ސްކޫލްގެ ދާންމަތިވެފައިވާ ދަރިވަރަކަށް ވަނީ އެނދު ހަވާލުކޮށްފައި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާންމަތިވެފައިވާ ކުދިންނަށް އާކްގެ ފަރާތުން 20 ހޮސްޕިޓަލް އެނދު ހަދިޔާކޮށްފިއެވެ.

އެ ކުދިންނާ މި އެނދުތައް ހަވާލުކުރުމަށްޓަކައި އާކުން ވަނީ މި 20 އެނދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކޮށްފައެވެ.

Advertisement

މި އެނދުތަކުގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، އެ ކުދިންގެ އާއިލާއަށް އަދި ތައުލީމު ފޯރުކޮށްދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށްވެސް ފަސޭހަވެގެންދާނެކަމަށް އާކުން ބުނެއެވެ.

އާކްއިން ޣާޒީ ސްކޫލްގެ ދަރިވަރަކާ އެނދު ހަވާލުކުރުން - އާރކް

މިކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރަކަށް އެނދު ހަވާލުކޮށްދީފައިވެއެވެ. އެނދު ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބު، މުހައްމަދު އިހްސާނެވެ.

އެނދު ހަވާލުކޮށްދެއްވައި އިހުސާން ވަނީ އާކްއިން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ލާބައާއި މަންފާއަށް ކޮށްދޭ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް