ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 21:06
ޔުގެންޑާ އެއަރޕޯޓު
ޔުގެންޑާ އެއަރޕޯޓު
ސޯޝަލް މީޑިއާ
ޔުގެންޑާ އެއަރޕޯޓު
ޔުގެންޑާ އެއަރޕޯޓު ޗައިނާގެ އަތްދަށަށް!
ޔުގެންޑާ އެއަރޕޯޓް ނަގާފައިވަނީ ޗައިނާއަށް ދައްކަންޖެހޭ ލޯނެއް ދައްކާފައިނުވާތީ
މިއީ މީގެ 6 އަހަރު ކުރިން ނަގާފައިވާ ލޯނެއް

ޔުގެންޑާގެ އެންޓެބެ އިންޓަރނޭޝަނަލް އެއަރޕޯޓު ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

މި އެއަރޕޯޓު ޗައިނާއިން ނަގާފައިވަނީ ޔުގެންޑާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނެއް އަނބުރާ ނުދެއްކުމުން، އެ ލޯނު އަނބުރާ ދެއްކެންދެންނެވެ.

ޔުގެންޑާއިން ނަގާފައިވާ މި ލޯނަކީ އެގައުމުގެ ހަމައެކަނި އެއަރޕޯޓު އެންޓެބެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކްސްޕެންޝަން މަސައްކަތަށް ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނެކެވެ. މީގެ 6 އަހަރު ކުރިން ނަގާފައިވާ މި ލޯނު އަނބުރާ ނުދެއްކިއްޖެނަމަ ޗައިނާއިން އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ބަދަލުކުރުމަށް ޔުގެންޑާއިން ވަނީ އެދިފައެވެ. އެހެންނަމަވެސް ޗައިނާއިން ވަނީ އެކަންކަން ބަދަލު ނުކުރަން ނިންމާފައެވެ.

ޗައިނާއާ ޔުގެންޑާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަނީ, ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެންޓެބެ އެއަރޕޯޓާއި، ޔުގެންޑާ ސަރުކާރުގެ ދަށުގައިވާ އެހެނިހެން ތަންތަނާއި ތަކެތި ވެސް ޗައިނާއަށް ދޭންޖެހޭނެ ކަމަށެވެ. މި މާއްދާ ބަދަލުކުރުމަށް ޔުގެންޑާގެ ވަފުދެއް ޗައިނާގެ ބެއިޖިންގއަށް ގޮސްފައިވެއެވެ. އެހެންނަމަވެސް މި މާއްދާ ބަދަލުކުރެވޭގޮތް ވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
28 ނޮވެންބަރ 2021 | އާދީއްތަ 22:39
ކިނިކްސް
އެއްބަސްވުމާއި އެއްގޮތަށް ކަންކުރާ މީހާ ގޯސްމިވަނީ!