ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 08:16
ސައުދީގެ އެއަރޕޯޓް
ސައުދީގެ އެއަރޕޯޓް
ސައުދީ ގެޒެޓް
އައު ވޭރިއަންޓާއެކު ދަތުރުތަކަށް ބުރުއެރުން
އައު ވޭރިއަންޓާއެކު ސައުދީ އަރަބިއްޔާއިން ދެކުނު އެފްރިކާގެ 7 ގައުމެއްގެ ފްލައިޓްތައް މެދުކަނޑާލައިފި
މިގައުމުތަކަށް ދަތުރުކޮށްފައިވާ ސައުދީ މީހުންވެސް ހިމެނޭ ގޮތަށް ފަސް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެ
ސައުދީގެ ރައްޔިތުން މި ހަތް ގައުމު ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ދެކުނު އެފްރިކާއިން ފެނުނު އައު ވޭރިއަންޓް ކަމުގައިވާ  އޮމިކްރޯންގެ ސަބަބުން ސައުދީ އަރަބިއްޔާއިން ދެކުނު އެފްރިކާގެ 7 ގައުމަކުން އެގައުމަށް އަންނަ ފްލައިޓްތައް މެދުކަނޑާލައިފިއެވެ.

އެގޮތުން ފްލައިޓްތައް މެދުކަނޑާލާފައިވަނީ ދެކުނު އެފްރިކާ، ނެމީބިއާ، ލެސޯތޯ، އެސްވަޓިނީ، ޒިމްބާބުވޭ، މޮޒަމްބީކް އަދި ބޮޓްސްވާނާގެއެވެ. އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިގައުމުތަކަށް ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުުކޮށްފައިވާ މީހުން ސައުދީއަށް އެތެރެވާއިރު އަމަލު ކުރަންޖެހޭ ވަކި ގޮތްތަކެއް ވަނީ ނިންމާފަވެ.

އެގޮތުން މިގައުމުތަކަށް ދަތުރުކޮށްފައިވާ ސައުދީ މީހުންވެސް ހިމެނޭ ގޮތަށް ފަސް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ސައުދީގެ ރައްޔިތުންވެސް މި ހަތް ގައުމު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް